ރޮނާލްޑޯ ކަސާނޯއަށް- ކަލެއަށް ޖެހުނީ އެންމެ 150 ގޯލު، އަހަރެން 800 ގޯލް ޖަހައިފިން

މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އިޓަލީގެ ކުރީގެ ފުޓްބޯޅަ ލެޖެންޑް އެންޓޯނިއާ ކަސާނޯއަށް މަލާމާތުގެ މެސެޖެއް ކޮށްފައިވާ ކަމަށް އޭނާ ބުނެފިއެވެ. އެންމެ ފަހުން...

04 Dec 2021 | 15:07

މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އިޓަލީގެ ކުރީގެ ފުޓްބޯޅަ ލެޖެންޑް އެންޓޯނިއާ ކަސާނޯއަށް މަލާމާތުގެ މެސެޖެއް ކޮށްފައިވާ ކަމަށް އޭނާ ބުނެފިއެވެ.

އެންމެ ފަހުން ޕްރިމިއާ ލީގުގައި އާސެނަލް އާއި ދެކޮޅަށް ކުޅެ 2-3 އިން ޔުނައިޓެޑް މޮޅުވި މެޗަށް ފަހު ރޮނާލްޑޯ މަލާމާތް ކޮށް ކަސާނޯއަށް މެސެޖެއް ފޮނުވާކަން އޭނާ ކަށަވަރުކޮށްދީފައިވާއިރު، ކަސާނޯ ބުނީ ޔުނައިޓެޑާއި އާސެނަލް ބައްދަލުކުރި މެޗު ނިމުމާއި އެކު ރޮނާލްޑޯގެ މެސެޖެއް އޭނާއަށް ލިބުނު ކަމަށާއި އެ މެސެޖުގައި އެހެން މީހުންނަށް އިހުތިރާމް ކުރުމަށް ނަސޭހަތްވެރިވެފައި ވާކަމަށެވެ. އަދި ކަސާނޯއަށް އޭނާގެ މުޅި ކެރިއަރުގައި ޖެހިފައިވަނީ އެންމެ 150 ލަނޑު ކަން ހަނދާންކޮށްދޭ ކަމަށާއި ނަމަވެސް ރޮނާލްޑޯގެ ކެރިއަރުގައި އޭނާ  800 ލަނޑު ހަމަކޮށްފައިވާ ކަން ހަނދާން ކޮށްދޭ ކަމަށް ރޮނާލްޑޯގެ މި މެސެޖުގައި ބުނެފައިވާ ކަމަށް އޭނާ ބުންޏެވެ.

ކަސާނޯ ބުނީ ރޮނާލްޑޯގެ މި މެސެޖާއި ގުޅިގެން އޭނާވެސް ރޮނާލްޑޯއަށް ރައްދުދީފައިވާ ކަމަށާއި އެ ރައްދުގައި އެހެން މީހުންގެ ފާޑުކިޔުންތަކަށް ރައްދުދިނުމަކީ ޕްރޮފެޝަނަލް ވުމެއް ނޫންކަމަށްވެސް ބުނެފައިވާނެ ކަމަށެވެ. އަދި މެސީ ނަމޫނާ އަކަމަށް ބެލުމަށް ވެސް ރޮނާލްޑޯއަށް ނަސޭހަތްރެިވެފައިވާނެ ކަމަށް ވެސް ކަސާނޯ ބުނެފައިވެއެވެ.

" ރޮނާލްޑޯ އަހަރެންނަށް މަލާމާތް ކޮށް މެސެޖެއް ކުރި، އެ މެސެޖުގައި ބުނެފައިވަނީ އެހެން މީހުންނަށް އިޙުތިރާމް ކުރަން ދަސްކުރުމަށް، އަދި އަހަރެންނަށް މުޅި ކެރިއަރުގައި ޖެހިފައިވަނީ އެންމެ 150 ގޯލު ކަމަށާއި ނަމަވެސް އޭނާ އަށް 800 ގޯލް ހަމަކުރެވިއްޖެކަމަށް ބުނެފައިވޭ. އަހަރެން ރައްދުގައި ބުނިން މީހުން ކިޔާހާ އެއްޗަކަށް ރައްދު ދިނުމަކީ ޕްރެފެޝަނަލް ވުމެއް ނޫން ކަމަށް އަދި މެސީ ނަމޫނާ އަކަށް ބެލުމަށް ބެލުމަށް ވެސް އަހަރެން ބުނެފައިވާނެ." ކަސާނޯ ބުނެފައިވެއެވެ.

ރޮނާލްޑޯއަށް ގިނަ ފާޑުކިޔުންތަކެއް މީގެ ކުރިންވެސް އަމާޒުކޮށްފައިވާ ކަސާނޯ އިތުރަށް ބުނެފައިވަނީ ރޮނާލްޑޯ އަކީ އަމިއްލަ އެދުން ބޮޑު ކުޅުންތެރިއެއް ކަން ފާހަގަކުރެވޭ ކަމަށެވެ. އަދި ރޮނާލްޑޯ ކޮންމެ ޓީމަކަށް ކުޅުނު ނަމަވެސް އެކަން ވަރަށް ބޮޑަށް ފާހަގަވާނެ ކަމަށް ކަސާނޯ ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް