ކޮވިޑުގައި ރާއްޖެއިން އިތުރު މަރެއް – ޖުމްލަ 253 އަށް އަރައިފި

ރާއްޖެއިން ކޮވިޑު ބައްޔަށް ފަރުވާކުރަމުން ދިޔަ އިތުރު މީހަކު ނިޔާވެއްޖެ އެވެ. އެޗްޕީއޭ އިން ބުނީ އެމީހާ ނިޔާވެފައިވަނީ ހއ. ތުރާކުނުގައި ކަމަށާއި އެއީ އުމުރުން 92 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އ...

04 Dec 2021 | 12:38

ރާއްޖެއިން ކޮވިޑު ބައްޔަށް ފަރުވާކުރަމުން ދިޔަ އިތުރު މީހަކު ނިޔާވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ އެމީހާ ނިޔާވެފައިވަނީ ހއ. ތުރާކުނުގައި ކަމަށާއި އެއީ އުމުރުން 92 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އެމީހާ ނިޔާވެފައި ވަނީ މިއަދު ހެނދުނު 8:28 ހާއިރު ކަމަށް ވެސް އެޗްޕީއޭއިން ބުނެ އެވެ.

މިއަދު މަރުވި މީހާ އާއިއެކު މި ބަލީގައި ރާއްޖޭން މަރުވި މީހުންގެ އަދަދު މިހާރު މިވަނީ 253 އަށް އަރާފަ އެވެ.

މީގެ އިތުރުން މިއަދު ހެނދުނު 7:10 ގައި ވެސް ވަނީ 93 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެފަ އެވެ. އެޗްޕީއޭ އިން ބުނެފައިވަނީ އެމީހާ ނިޔާވެފައިވަނި ދ. ކުޑަހުވަދޫ އަތޮޅު ހޮސްޕިޓަކުގައި ފަރުވާ ދެމުންދަނިކޮށް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް