ޖަރުމަނު ވިލާތުގެ މީޑިއާ ޓީމެއް ވިޒިޓް މޯލްޑިވްސްގެ ދައުވަތަކަށް ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެ އަތުވެއްޖެ އެވެ.
މި ދަތުރު ކުރިއަށް ދާނީ ޑިސެންބަރު މަހުގެ 03 ވަނަ ދުވަހުން 07 ވަނަ ދުވަހާ ހަމައަށެވެ.
މި ދަތުރުގައި ރާއްޖެ އައިސްފައިވަނީ ފްރާންސްގެ އާންމުންގެ މެދުގައި މަޤުބޫލު އޮންލައިން އަދި ޕްރިންޓް މަޖައްލާތަކާއި، ނޫސްތަކުގެ ލިއުންތެރިން ހިމެނޭ ޓީމެކެވެ.
މި ފެމިލިއަރައިޒޭޝަން ދަތުރުގައި ބައިވެރިވާ މީޑިއާ ޓީމް ތިބުމަށް ހަމަޖެހިފައިވަނީ ސާއި ލެގޫން މޯލްޑިވްސް އަދި ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑް ރިޒޯޓުގަ އެވެ. މި ޓީމުން މި ރިޒޯޓުތަކުގައި ލިބެން ހުންނަ ހިދުމަތްތައް ތަޖުރިބާކުރާނެ އެވެ.
ހަތް ދުވަހުގެ ދަތުރަށް ފަހު މިއިން ކޮންމެ މަޖައްލާއެއްގައި ރާއްޖެއާ ބެހޭގޮތުން އާޓިކަލްތައް ޝާއިޢުކުރާނެއެވެ. މި އާޓިކަލްތައް ޖަރުމަނު ވިލާތުގެ މަތީ ފަންތީގެ ފަތުރުވެރިންނާއި ބަޖެޓް ފަތުރުވެރިންނާ ހަމައަށް ފޯރާނެކަމަށް ބެލެވެ އެވެ.
މީގެ ސަބަބުން މި މާކެޓުގައި ތުރުފަތުރުކުރުމަށް ޝައުގުވެރިވާ ފަރާތްތަކުގެ މެދުގައި ރާއްޖެއަކީ ޗުއްޓީ ހޭދަކުރުމަށް އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި އިޝްތިހާރުކޮށް، ރާއްޖެއިން ލިބެން ހުންނަ ތަފާތު ތަޖުރިބާތައް ޕްރޮމޯޓުކުރެވޭނެ އެވެ.
މި ފޭމް ޓްރިޕް އަކީ މި މާކެޓަށް އަމާޒުކޮށް މިއަހަރު އެމްއެމްޕީއާރުސީއިން ކުރިއަށް ގެންދިޔަ ދެވަނަ ފޭމް ޓްރިޕްއެވެ. މި ހަރަކާތް ކުރިއަށް ގެންދިޔައީ ވިޒިޓް މޯލްޑިވްސްއިން ޖަރުމަނު ވިލާތުގެ މާކެޓަށް ގެންގުޅޭ މާކެޓިން ސްޓްރެޓަޖީގެ ދަށުންނެވެ.
މި ޓްރިޕްގެ ސަބަބުން މި މާކެޓުގެ ފަތުރުވެރިންނާއި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކައް ރާއްޖޭގެ އެންމެ ފަހުގެ މައުލޫމަތު ފޯރުކޮށްދެވޭނެއެވެ. މިގޮތުން ރާއްޖޭގެ ރިސޯޓު، ހޮޓެލް، ގެސްޓްހައުސް އަދި ލިވަބޯޑުތަކުގެ މައުލޫމާތާއި، ރާއްޖެއިން ފަތުރުވެރިންނަށް ލިބެން ހުންނަ ތަފާތު ތަޖުރިބާތައް އިޝްތިހާރުކުރެވޭނެ އެވެ.
މިފަދަ ހަރަކާތްތަކުގެ ޒަރިއްޔާއިން ރާއްޖޭގެ ރަށްތައް އުފެދިފައިވަނީ ވަކިވަކިން ކަމުން، މިއީ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރެވޭނެ އެވެ.
ނޮވެންބަރު މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1,153,013 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މީގެތެރެއިން 7.2 އިންސައްތަ ނުވަތަ 81،742 ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ޖަރުމަނު ވިލާތުން ނެވެ.
ޖަރުމަނު ވިލާތަކީ މިވަގުތު ރާއްޖެއަށް ތިންވަނައަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މާކެޓެވެ.
ޖަރުމަނު މާކެޓުގައި ރާއްޖޭގެ މަޤުބޫލުކަން އިތުރުކުރުކޮށް، މި މާކެޓުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމުގެ ގޮތުން ވިޒިޓް މޯލްޑިވްސްއިން މިއަހަރު ގިނަ ހަރަކާތްތަކެއް ވަނީ ހިންގާފަ އެވެ.
މީގެ ތެރޭގައި މާކެޓިންގ ކެމްޕޭންތަކާއި ފޭމް ޓްރިޕްތަކާއި ވެބިނަރތައް ހިމެނެ އެެވެ. އަދި ފެއާރތަކާއި އެގްޒިބިޝަންތަކުގައި ވެސް ވަނީ ބައިވެރިވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް