ކޯވިޑް-19 އަށް ފަރުވާދެމުންދިޔަ އިތުރު މީހަކު ރާއްޖެއިން މަރުވެއްޖެ އެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މަރުވެފައިވަނީ އުމުރުން 93 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ މަރުވީ މިއަދު ހެނދުނު 7:10 ގައި ކަމަށެވެ.
މަރުވި އިރު ފަރުވާ ދެމުން ދިޔައީ ދ. ކުޑަހުވަދޫގައި ހުންނަ ދ. އަތޮޅު ހޮސްޕިޓަލްގައި އެވެ.
މިއީ ރާއްޖެއިން ކޯވިޑްގައި މަރުވި 252 ވަނަ މީހާ އެވެ.
ރާއްޖޭގެ ކޯވިޑް ޖެހުނު މީހުންގެ އަދަދު އިއްޔެ ވަނީ91،993ށް އަރާފަ އެވެ. ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ90،0003 އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް