ރާއްޖެ ތަރައްގީކުރަން ބޭނުންވާނަމަ ޖޭއެސްސީ އިސްލާހުވާންޖެހޭ: ޑރ. ޖަމީލު

ރާއްޖެ ތަރައްގީކުރަން ބޭނުންވާނަމަ ޖޭއެސްސީ އިސްލާހުވާންޖެހޭ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދު ވިދާޅުވެއްޖެ އެވެ. ޑރ. ޖަމީލު މިފަދައިން ވިދާޅުވީ ރައީސް ޔާމީން މިނިވަންވުމުގެ އ...

04 Dec 2021 | 07:41

ރާއްޖެ ތަރައްގީކުރަން ބޭނުންވާނަމަ ޖޭއެސްސީ އިސްލާހުވާންޖެހޭ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދު ވިދާޅުވެއްޖެ އެވެ.

ޑރ. ޖަމީލު މިފަދައިން ވިދާޅުވީ ރައީސް ޔާމީން މިނިވަންވުމުގެ އުފަލުގައި "މަރުހަބާ ރައީސް ޔާމީން”ގެ ނަމުގައި ޕްރޮގްރެސިވް ކޯލިޝަނުން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނެވެ.

ރައީސް ޔާމީންގެ ވެރިކަމުގެ ފުރަތަމަ ނައިބު ރައީސްކަން ވެސް ކުރައްވާފައިވާ ޑރ. ޖަމީލި އިތުރަށް ވިދާޅުވީ ސިޔާސީ މީހުން އެއް ފަރާތްވާންޖެހޭ ކަމަށާއި ކޯޓުތަކަކީ މަހުޖަނުންގެ ކެސީނޯއަކަށް ވެގެންނުވާނެ ކަމަށެވެ.

" ޝަރުއީ ކޯޓުތައް އެބަޖެހޭ މިނިވަންވާން. އެ ކޯޓުތަކަކީ ސަރުކާރަށް ސިޔާސީ މަސައްކަތް ކޮށްދޭ ތަންތަނަށް ވެގެން ނުވާނެ. އެކަން އަޅުގަނޑުމެން އެއްފަރާތް ކުރަންޖެހޭ،”ޑރ. ޖަމީލު ވިދާޅުވި އެވެ.

މީގެ އިތުރުން ޑރ. ޖަމީލު ވަނީ ޖޭއެސްސީ މިނިވަންކުރުމަށް އެމްޑީޕީން ވެފައިވާ ވައުދު ފުއްދިއްޖެތޯ ވެސް ސުވާލު ކުރައްވާފަ އެެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް