މައިލޯ ނެޝަނަލް ނެޓްބޯލް ޓޯނަމެންޓު: އަންހެން ޑިވިޝަންގެ ފައިނަލަށް ކޭވައިއާރްސީ އާއި ގްރީން ސްޓްރީޓްސް

މައިލޯ ނެޝަނަލް ނެޓްބޯލް ޓޯނަމެންޓުގެ އަންހެން ޑިވިޝަންގެ ފައިނަލަށް ކުޅުދުއްފުށި ޔޫތް އެންޑް ރެކްރިއޭޝަން (ކޭވައިއާރްސީ) އާއި ކްލަބް ގްރީންސް ސްޓްރީޓްސް ދަތުރުކޮށްފި އެވެ. މި ދެޓީމު ފައިނަަލަށް ދަތުރ...

04 Dec 2021 | 07:21

މައިލޯ ނެޝަނަލް ނެޓްބޯލް ޓޯނަމެންޓުގެ އަންހެން ޑިވިޝަންގެ ފައިނަލަށް ކުޅުދުއްފުށި ޔޫތް އެންޑް ރެކްރިއޭޝަން (ކޭވައިއާރްސީ) އާއި ކްލަބް ގްރީންސް ސްޓްރީޓްސް ދަތުރުކޮށްފި އެވެ.

މި ދެޓީމު ފައިނަަލަށް ދަތުރު ކުރީ ރޭ ކުޅުނު ސެމީ ފައިނަލުގެ މެޗުތައް ކާމިޔާބުކޮށްގެން ނެވެ.

ސެމީގެ ފުރަތަމަ މެޗުގައި ކްލަބް ގްރީން ސްޓްރީޓްސް އާއި މަހިބަދޫ ސްޕޯޓްސް ކްލަބު ބައްދަލުކޮށް 64 ޕޮއިންޓު 37 ޕޮއިންޓުން މި މެޗު ކާމިޔާބުކުރީ ގްރީން ސްޓްރީޓްސް އެވެ. މި މެޗުގެ ކްއީން އޮފް ދަ މެޗުގެ މަގާމަށް ހޮވުނީ ގްރީން ސްޓްރީޓްސްގެ ޖޭކޭއެސް ޑިސަނަޔަކަ އެވެ.

ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރީ ކޭވައިއާރްސީ އާއި ކްލަބް ޝައިނިންގ ސްޓާރ އެވެ. ފޯރިގަދަ އަދި ވާދަވެރި ކުޅުމަކަށް ފަހު، 46 ޕޮއިންޓު 37 ޕޮއިންޓުން މި މެޗުގައި ކުރި ހޯދީ ކޭވައިއާރްސީ އެެވެ. މި މެޗުގެ ކްއީން އޮފް ދަ މެޗުގެ މަގާމު ހޯދީ ކޭވައިއާރްސީ ގެ އީމާ ޢަބްދުއްސައްތާރެވެ.

އަންހެން ޑިވިޝަންގެ ފައިނަލު މެޗު އޮންނާނީ މާދަމާ ރޭ އެވެ. މެޗު ފަށާނީ 20:30 ގަ އެވެ.

މި މުބާރާތުގެ މެޗުތައް ބެލުމަށް ވަނުމުގެ ފުރުސަތު ހިލޭ ހުޅުވާލާފައިވާ އިރު، އެޗްޕީއޭގެ ގައިޑުލައިންތަކަށް އިޙްތިރާމު ކުރުމަށް ނެޓްބޯލް އެސޯސިއޭޝަނުން ވަނީ އެދިފަ އެވެ.

އެ އެސޯސިއޭޝަނުން ބުނީ މެޗު ބެލުމަށް ވަދެވޭނީ ކޮވިޑު ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ ފަރާތަކަށް ކަމަށާއި އަބަދު ވެސް މާސްކު އަޅައިގެން ތިބުމަށް އެދޭ ކަމަށެވެ. އަދި އިޖުތިމާޢީ ގައިދުރުކަމާއެކު ކުޅިބަލަން ތިބުމަށް އެ އެސޯސިއޭޝަނުން ވަނީ އިލްތިމާސް ކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް