އިސްލާމް ދީނަށް ފުރައްސާރަ ކުރި ސްރީލަންކާ މީހަކު ޕާކިސްތާނުގައި އަންދާލައިފި

ޕާކިސްތާނުގެ ފެކްޓްރީއެއްގެ މެނޭޖަރުގެ ވަޒީފާ އަދާ ކުރާ ސްރީލަންކާ ރައްޔިތަކު އިސްލާމް ދީނަށް ފުރައްސާރަ ކުރުމުން ދިރިހުއްޓަ އަންދާލައިފި އެވެ. މި ހާދިސާ ހިނގާފައިވަނީ ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާ...

04 Dec 2021 | 06:38

ޕާކިސްތާނުގެ ފެކްޓްރީއެއްގެ މެނޭޖަރުގެ ވަޒީފާ އަދާ ކުރާ ސްރީލަންކާ ރައްޔިތަކު އިސްލާމް ދީނަށް ފުރައްސާރަ ކުރުމުން ދިރިހުއްޓަ އަންދާލައިފި އެވެ.

މި ހާދިސާ ހިނގާފައިވަނީ ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދާއި 200 ކިލޯމީޓަރު ދުރުގައި އޮންނަ ސިއަލްކޮޓްގައި އެވެ. އެމީހާ އަންދާލީ ކާރޫބާރޫ ބޮޑު މަގެއްގައި އެންމެންނަށް ފެންނަ ގޮތަށެވެ.

އެ ސަރަހައްދުގެ ފުލުހުންނާއި ހަވާލީ ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އެމީހާއަށް ހަމަލާދިނީ އިސްލާމް ދީން ފެތުރުމުގައި މަސައްކަތް ކުރާ ބައެކެވެ. އެމީހާ ގައިގަ އަލިފާން ރޯކޮށްލީ ތަޅާ އަނިޔާ ކުރުމަށް ފަހު އެވެ.

މަންޒަރުދުށް މީހުން ބުނެފައިވާގޮތުގައި ސްރީލަންކާ މީހާ ވަނީ އެމީހުންގެ ކުރިމަތީގައި އިސްލާމް ދީނަށް މަލާމާތާއި ފުރައްސާރަ ކޮށް ދީނަށް ނިސްބަތްކޮށް ހުތުރުބަހުން ވާހަކަދައްކާފަ އެވެ. އަދި އެމީހާ އެގޮތަށް ވާހަކަދެއްކީ ދީނަށް ފުރައްސާރަކޮށް ލިޔެފައިވާ ޕޯސްޓަރެއްވެސް ހިފައިގެން ހުރެކަމަށް ބުނެފަވެ އެވެ.

މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ލަންކާ މީހާއަށް ހަމަލާދީ އަންދާލި މީހުން ހައްޔަރުކޮށް ގާނޫނުގައި ކަނޑައަޅާފައިވާ އަދަބު ދިނުން އަވަސް ކުރުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ވަނީ ގޮވާލައްވާފަ އެވެ.

މި މައްސަލައިގަ ހިމެނޭ މީހުން ފުލުހުން ވަނީ ދެނެގަނެފަ އެވެ. ޕާކިސްތާނު ފުލުހުން ބުނީ އެމީހާ އަންދާލި މީހުން ފިލަން މަސައްކަތް ނުކުރާ ކަމަށާއި އެމީހުން ވަނީ އޭނާއަށް އަނިޔާކޮށް އަންދާލި ތަން ވީޑިއޯކޮށް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައި ކަމަށް ބުންޏެވެ. އަދި އެމީހާގެ އަޅިތަކާއި އެކު ފޮޓޯ ނަގައި ކުރި މޮޅުކަންތައް ހާމަކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައިގަ ހިމެނޭ މީހުން ހައްޔަރު ކުރި ކަމެއް ނުވަތަ ނުކުރާކަމެއް އަދި ނޭނގެ އެވެ. ޕާކިސްތާނު ގާނޫނުގައި ބުނާގޮތުން އިސްލާމް ދީނަށް ފުރައްސާރަ ކުރުމަކީ ގާނޫނީ ކުށެކެވެ. އެހެން ކަމުން އެކަން ކުރި މީހުންނަށް މާ ބޮޑު އަދަބެއް ލިބިދާނެ ކަމަށް ނުބެލެވޭ ކަމަށްވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް