ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ބަހުގެ ހަމަލާތަކެއް ނޫސްވެރިންނަށް އަމާޒު ކުރައްވައިފި އެވެ.
ނޫސްވެރިނަށް ބަހުގެ ހަމަލާތައް ރައްދުކުރައްވާފައިވަނީ ކާނިވާ ސަރަހަށްދުގައި ޕީޕީއެމްއިން ރޭ ބޭއްވި ބޮޑުޖަލްސާގައި ވާކަހަދައްކަވަމުން ނެވެ.
ނޫހެއްގައި ލިޔެފައިވާ ޚަބަރަކަށް އަލިއަޅުއްވާލާ ރައީސް ޔާމިން ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމުން ސަލާމަތްވުމުން އެމަކުފާނަށް މިހާރު ހުކުމްކުރަނީ ނޫސްތަކުން ކަމަށެވެ. އަދި އޮންލައިން ނޫސްތައް ފިޔަވައި އެހެން ހުރިހާ ނޫސްތަކާއި ޚަބަރުފަތުރާ ވަސީލަތްތައް ހުރީ ސަރުކާރުގެ ޖީބުގައި ކަމަށެވެ.
ރާއްޖޭގައި މިހާރު މިނިވަން ނޫސްވެރިކަމެއް ނެތްކަމަށް ވިދާޅުވެ، ރައިސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ކޮންމެ ވާހަކައެއްވެސް ލިޔަން ނޫސްވެރިންނަށް ޖާގަދިންކަމަށެވެ.
މީގެ އިތުރުން އެމަނިކުފާނަށް އިއްވީ ރަނގަޅު ހުކުމެއް ނޫންކަމަށާއި ހެއްކިބަސްދޭން ކޯޓަށް ވެއްދި ބައެއް ބޭފުޅުންގެ އަނގަ އޮޅުންކަމާއި އެމީހުން ހިތްބިރުގަނެފައި ތިބިކަމަށް ރައީސް ޔާމިން ވިދާޅުވި އެވެ.
"އެހެންވީމަ، އޭނަ ދުލުހުން ކޮންމެ އެއްޗެއް ބުންޏަސް އެދައްކަނީ ރަނގަޅު ވާހަކައެއް ނޫންކަން ފަނޑިޔާރުންނަށް ހަމަ ރަނގަޅަށް އެނގޭނެ." ރައީސް ޔާމީން ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް