މައިލޯ ނެޝަނަލް ނެޓްބޯލް ޓޯނަމެންޓު: ފިރިހެން ޑިވިޝަންގެ ފައިނަލް މެޗު މިރޭ

މައިލޯ ނެޝަނަލް ނެޓްބޯލް ޓޯނަމެންޓުގެ ފިރިހެން ޑިވިޝަންގެ ފައިނަލް މެޗު މިރޭ ކުޅޭނެ އެވެ. މިއަހަރުގެ މުބާރާތުގައި ތިން ޓީމު ވާދަކޮށްފައިވާ އިރު، މިރޭ ކުޅޭ ފައިނަލް މެޗުގައި ވާދަކުރަނީ ކުޅުދުއްފުށި ޔޫތ...

04 Dec 2021 | 05:08

މައިލޯ ނެޝަނަލް ނެޓްބޯލް ޓޯނަމެންޓުގެ ފިރިހެން ޑިވިޝަންގެ ފައިނަލް މެޗު މިރޭ ކުޅޭނެ އެވެ.

މިއަހަރުގެ މުބާރާތުގައި ތިން ޓީމު ވާދަކޮށްފައިވާ އިރު، މިރޭ ކުޅޭ ފައިނަލް މެޗުގައި ވާދަކުރަނީ ކުޅުދުއްފުށި ޔޫތް އެންޑް ރެކްރިއޭޝަން (ކޭވައިއާރްސީ) އާއި ކްލަބް މެޓްރިކްސް އެވެ.

މި މުބާރާތުގެ ފައިނަލަށް ކޭވައިއާރްސީ ދިޔައީ ކުޅުނު ހުރިހާ މެޗެއް ވެސް ކާމިޔާބުކޮށްގެން ނެވެ. ކްލަބް މެޓްރިކްސް ބަލިވެފައިވަނީ ކޭވައިއާރްސީ އަތުން އެކަންޏެވެ.

އެހެހެންކަމުން މިރޭގެ މެޗު އިތުރަށް ފޯރިގަދަވާނެ ކަމަށް ބެލެވެ އެވެ. އެއީ ކޭވައިއާރްސީ ނުކުންނާނީ މެޓްރިކްސް ގެ މައްޗަށް ދެވަނަފަހަރަށް ކުރި ހޯދާ، މި މިބާރާތުގެ އެއްވެސް މެޗަކުން ބަލިނުވެ، ޗެމްޕިއަންކަން ހޯދުމަށް ކަމަށްވާތީ އެވެ. އަދި މެޓްރިކްސް މިރޭ ނުކުންނާނީ ގްރޫޕް ސްޓޭޖުގައި ކޭވައިއާރްސީ އަތުން ބަލިވެފައިވާތީ އޭގެ ބަދަލުހިފައި، ކޭވައިއާރްސީން ދަމަހައްޓަމުން އަންނަ ބަލިނުވުމުގެ ރެކޯޑު ހުއްޓުވުމަށް ކަމަށްވާތީ އެވެ.

ފައިނަލް މެޗު ފަށާނީ މިރޭ 20:30 ގަ އެވެ.

މި މުބާރާތުގެ ފިރިހެން ބައިގާ މިއަަހަރު ބައިވެރިވެފައިވަނީ ސްކައިލާރކް، ކޭވައިއާރްސީ އަދި މެޓްރިކްސް އެވެ.

މި މުބާރާތުގެ މެޗުތައް ބެލުމަށް ވަނުމުގެ ފުރުސަތު ހިލޭ ހުޅުވާލާފައިވާ އިރު، އެޗްޕީއޭގެ ގައިޑުލައިންތަކަށް އިޙްތިރާމު ކުރުމަށް ނެޓްބޯލް އެސޯސިއޭޝަނުން ވަނީ އެދިފަ އެވެ.

އެ އެސޯސިއޭޝަނުން ބުނީ މެޗު ބެލުމަށް ވަދެވޭނީ ކޮވިޑު ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ ފަރާތަކަށް ކަމަށާއި އަބަދު ވެސް މާސްކު އަޅައިގެން ތިބުމަށް އެދޭ ކަމަށެވެ. އަދި އިޖުތިމާޢީ ގައިދުރުކަމާއެކު ކުޅިބަލަން ތިބުމަށް އެ އެސޯސިއޭޝަނުން ވަނީ އިލްތިމާސް ކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް