ހުޅުމާލޭގައި މިރޭ ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވަނީ ޓެކްސީ ޑްރައިވަރެއް ކަމުގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
މި މަރާއި ގުޅިގެން ސީޕީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މި މަރާއި ގުޅިގެން ހުޅުމާލެއަށް އަރާ ފައިބާވާ ވެހިކަލްތައް އަދި މީހުން މިހާރު ބަލާ ފާސްކުރަމުން އަންނަ ކަމަށެވެ. އަދި އަނިޔާވެރި އަމަލު ހިންގި މީހުން ދެނެގަތުމުގައި އާންމުންގެ އެހީތެރިކަން ބޭނުންވާކަމުގައިވެސް ސީޕީ ވިދާޅުވެފައިވެއެވެ.
https://twitter.com/M_Hameedh/status/1202289321052475392
ހުޅުމާލޭ ހޮސްޕިޓަލުން ބުނެފައިވަނީ މިރޭ 09:22 ހާއިރު ޒަހަމްތަކަކާއެކު އުމުރުން 59 އަހަރުގެ މީހަކު އެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އަދި މަރުވެފައިވާކަމަށް ޑޮކްޓަރު ކަށަވަރުކޮށްދީފައިވާކަމަށެވެ.
މަރުވެފައިވަނީ ކާކުކަން އަދި ކަމާބެހޭ އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް