ރާޒުވާ ކުޅެން ދަސްކޮށްދިނުމުގެ ކޯޗިން ކޭމްޕެއް ގެމަނަފުށީގައި ފެށިގެން ކުރިއަށް

ގެމަނަފުށީގައި ރާޒުވާ ކުޅެން ދަސްކޮށްދިނުމުގެ ގޮތުން "ޗެސް ފޯ ބިގިނާސް"ގެ ނަމުގައި ކޯޗިން ކޭންޕެއް ފަށައިފިއެވެ. މި ކޯޗިން ކޭންޕަކީ ރާޒުވާ ކުޅެން ދަސްކޮށްދިނުމާއި، ރާޒުވާގެ ހުނަރު އިތުރުކުރުމަށް ކުރިއ...

04 Dec 2019 | 18:06

ގެމަނަފުށީގައި ރާޒުވާ ކުޅެން ދަސްކޮށްދިނުމުގެ ގޮތުން "ޗެސް ފޯ ބިގިނާސް"ގެ ނަމުގައި ކޯޗިން ކޭންޕެއް ފަށައިފިއެވެ.

މި ކޯޗިން ކޭންޕަކީ ރާޒުވާ ކުޅެން ދަސްކޮށްދިނުމާއި، ރާޒުވާގެ ހުނަރު އިތުރުކުރުމަށް ކުރިއަށްގެންދާ ކޭންޕަކަށް ވާއިރު މި ކޭންޕްގައި ދެ އުމުރު ފުރާއަކުން 32 ކުދިން ވަނީ ބައިވެރިވެފައެވެ.

ރާޒުވާ ކޯޗިން ކޭންޕް އިފްތިތާހް ކުރުމުގެ ރަސްމިއްޔާތުގައު ވާހަކަފުޅުދައްކަވަމުން ގެމަނަފުށީ ކައުންސިލްގެ ޑެޕިއުޓީ ޑިރެކްޓަރ މުހައްމަދު ނިޒާމް ވިދާޅުވީ، ރާޒުވާއަކީ ތަފާތު ދާއިރާތަކަށް ވިސްނުމަށް ސިކުނޑިއަށް ދަސްކޮށްދޭ ކުޅިވަރެއްކަމަށާއި، ސްކްރީންތަކާއި ދުރުވެ މިކަހަލަ ކުޅިވަރުތަކުން ކާމިޔާބު ހޯދާ ކުދިބަޔަކަށްވުމަށް މަސައްކަތް ކުރުމަކީ މުހިންމު ކަމެއްކަމަށެވެ. އަދި ގެމަނަފުށީ ސްޕޯޓްސް ކުލަބާއި ކައުންސިލާއި ސުކޫލުން ކުދިންގެ ކުރިމަގަށް މިކަހަލަ ހަރަކާތްތައް ރާވާ ހިންގާތީ އުފާކޮށް ޝުކުރު އަދާކުރައްވާކަމުގައިވެސް ނިޒާމްގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ.

ރާޒުވާ ކޯޗިން ކޭންޕްގެ އިވެންޓް މެނޭޖަރ މުހައްމަދު އަމީން އަލީ ވިދާޅުވީ، ކޯޗިން ކޭންޕްގައި ބައިވެރިވުމުގެ މުއްދަތު ހަމަވީ ފަހުންވެސް ގިނަ އަދަދެއްގެ ދަރިވަރުން މި ކޭންޕްގައި ބައިވެރިވުމަށް އެދިފައިވާ ކަމަށާއި، މިއީ ވަރައް ކާމިޔާބު ކޭންޕެއްކަމަށެވެ. މިފަދަ ކޭންޕެއްގެ މަޤްސަދަކީ ސުކޫލް ޗުއްޓީގައިވެސް ދަރިވަރުންނަށް ކަންތައްތަކެއް ދަސްކޮށްދީ، ހުނަރުވެރި ކުދިންތަކަށް އުފެއްދުންކަމަށެވެ.

އަމީން ވިދާޅުވީ ހަފްތާއެއްގެ މުއްދަތަށް ކުރިއަށްގެންދާ މި ކޯޗިން ކޭންޕްގައި ހަތަރު އިންސްޓްރަކްޓަރުން، ދުވާލަކު ދެ ކްލާސް ނަންގަވާ ދެއްވާކަމަށާއި، މި ކޭންޕްގައި ދަރިވަރުން 2 އުމުރު ފުރާއަކަށް ބަހާލާފައިވާކަމަށެވެ. އެގޮތުން ގްރޭޑް 5،6،7،ގެ އުމުރުފުރާއަކާއި، ގްރޭޑް 8،9،ގެ އުމުރުފުރާއެއް ހިމެނޭކަމަށެވެ.

ރާޒުވާ ކޯޗިން ކޭންޕް ނިންމުމުގެ ރަސްމިއްޔާތުގައި ތައްޓާއި ހަނދާލީ ލިއުން ދޭގޮތައް މުބާރާތެއް ބާއްވަން ހަމަޖެހިފައިވާ މި ކޯޗިން ކޭންޕަކީ ގެމަނަފުށީ ސްޕޯޓްސް ކުލަބާއި ގެމަނަފުށީ ކައުންސިލާއި ގެމަނަފުށީ ސުކޫލް ގުޅިގެން ކުރިއަށްގެންދާ ކޯޗިން ކޭންޕެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް