ހުޅުމާލޭގައި މިރޭ ތޫނު އެއްޗަކުން ހަމަލާދީ މީހަކު މަރާލައިފިއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ގިނަ ޒަހަމްތަކަކާއެކު މިރޭ09:22 ހާއިރު ހުޅުމާލޭ ހޮސްޕިޓަލަށް މީހަކު ގެންގޮސްފައިވެއެވެ. އެއީ އުުރުން59 އަަހަރުގެ ފިރިހެނެއް ކަަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.
އެ ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވީ09:22 ހާއިރު ގެނައި މީހާ09:50 ހާއިރު މަރުވެފައިވާކަަމަށް ޑޮކްޓަރު ޔަގީންކޮށްދޭ ކަމަށެވެ.
އެއީ ކާކުކަން އަދި އެނގިފައެއް ނުވެއެވެ. ފުލުހުންގެ ކޮމެންޓެއްވެސް އަދި ލިބިފައެއް ނުވެއެވެެ.
ތަފްސީލް އަންނަނީ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް