ބޭރުގެ ބޯޓަކުން ގެއްލުނު ފަޅުވެރިޔަކު ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފި

ސްރީލަންކާގެ ގޯލްއާއި 70 ނޯޓިކަލް މޭލުން ދަތުރުކުރަމުންދިޔަ ބޭރުގެ ކޮންޓެއިނަރ އުފުލާ ބޯޓަކުން ދަތުރުކުރި، އެ ބޯޓުގެ ސެކަންޑް އޮފިސަރަކު ގެއްލުމާ ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯ...

04 Dec 2019 | 08:31

ސްރީލަންކާގެ ގޯލްއާއި 70 ނޯޓިކަލް މޭލުން ދަތުރުކުރަމުންދިޔަ ބޭރުގެ ކޮންޓެއިނަރ އުފުލާ ބޯޓަކުން ދަތުރުކުރި، އެ ބޯޓުގެ ސެކަންޑް އޮފިސަރަކު ގެއްލުމާ ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނެފައިވާގޮތުގައި މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މި މަހަހުގެ 2 ވަނަ ދުވަހުއެވެ.

"އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ލިބިފައިވާގޮތުގައި ޔޫކުރެއިންއަށް ނިސްބަތްވާ އުމުރުން 25 އަހަރުގެ މި ފިރިހެން މީހާ ގެއްލިފައިވަނީ މި ދިޔަ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހުގެ 13:30 ހާއިރުއެވެ. އޭރު ބޯޓު ދަތުރުރަމުން ދިޔައީ ސްރީލަންކާގެ ގޯލްގެ ހުޅަނގުން 70 ނޯޓިކަލް މޭލުން، ދިވެހިރާއްޖެ އިރު އުތުރުން 322 ޏޯޓިކަލް މޭލު ބޭރުންކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް ވަނީ މަޢުލޫމާތު ލިބިފައެވެ." އެމްއެންޑީއެފުން ބުނެފައިވެއެވެ.

ރާއްޖޭގެ އުތުރާއި އަދި އިރު އުތުރުގެ ރައްތަކުންނާއި، މި ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން މި މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބޭތޯ ބައްލަވައިދެއްވުން އެދެމެވެ. އަދި މި މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެ ނަމަ އެމްއެންޑީއެފް ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަމްބަރު 191 ގުޅުއްވުން ކޯސްޓްގާޑުން އެދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް