ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބުރާސްފަތި އަދި ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމައިފި އެވެ. މިގޮތަށް ނިންމިކަން ރިޔާސަތުން އިއުލާނުކުރީ މިއަދުގެ ޖަލްސާގައެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދުގެ ޖަލްސާގައި ވިދާޅުވީ އެގޮތަށް ނިންމީ 2020 ވަނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓްގެ މަސައްކަތާއި ލާމަރުކަޒީ ބިލުގެ މަސައްކަތް ނިންމުމަށް ކަމަށެވެ.
މީގެ އިތުރުން ޕީޖީގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ބޭފުޅުން އައްޔަން ކުރުން ހޮނިހިރު ދުވަހު ކުރިއަށްދާނެ ކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ބުރާސްފަތި އަދި ހޮނިހިރު ދުވަހުގެ ޖަލްސާއަށްފަހުމަޖިލީސް ޗުއްޓީއައް ދާން ނިންމާފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް