ކީއްވެތޯ އަޅުގަނޑާ ކޯލީޝަން ނަހަދަން ތިއުޅެނީ! އަޅުގަނޑު ހަޑީތޯ؟

އެމްޑީޕީން ޑީއާރުޕީއާއި ކޯލީޝަން ނަހަދަން އުޅެނީ ޕާޓީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު ހަޑި ކަމުންތޯ؟ ރައީސް ނަޝީދު ކުރެން ޖާބިރު މިއަދު އައްސަވައިފިއެވެ. ޖާބިރު މިހެން އެއްސެވީ އިންކަމްޓެކްސްގެ...

04 Dec 2019 | 07:33

އެމްޑީޕީން ޑީއާރުޕީއާއި ކޯލީޝަން ނަހަދަން އުޅެނީ ޕާޓީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު ހަޑި ކަމުންތޯ؟ ރައީސް ނަޝީދު ކުރެން ޖާބިރު މިއަދު އައްސަވައިފިއެވެ.

ޖާބިރު މިހެން އެއްސެވީ އިންކަމްޓެކްސްގެ ބިލަށް މިއަދު ބަހުސް ކުރައްވަމުންނެވެ.

އެ ބިލާމެދު ވާހަކަފުޅު ދައްކަވަމުންގޮސް ޖާބިރު ވިދާޅުވީ އޭނާ މިހާރު އެ ހުރީ އެމްޑީޕީ އާ ކޯލީޝަން ހަދައިގެން ކަމަށެވެ. ނަމަވެސް ކޯލީޝަން އަދި ހެދީ އޭނާ އެކަނި ކަމަށެވެ. ރައީސް ނަޝީދު އެކަމާ އަދި އެއްޗެއް ވިދާޅުނުވާކަމަށެވެ.

ޖާބިރު ވިދާޅުވީ އޭނާއަކީ އެމްޑީޕީއަށް ފައިނޭންސް ކުރާ މީހެއް ކަމަށާއި އޭނާ ކަހަލަ ރަނގަޅު ބޮޑު ޕާޓީއެއްގެ މީހަކު އަތް ދިއްކޮށްލީމަ ރައީސް ނޫނެކޭ ނުވިދާޅުވާނެ ކަމަށެވެ.

" މައުމޫނާވެސް ހެދީވިއްޔަ، ގާސިމާވެސް ހަދައިގެން ވިއްޔަ ތިއުޅެނީ، ކީއްވެތޯ އަޅުގަނޑާ ނަހަދަން ތިއުޅެނީ، އަޅުގަނޑު ހަޑީތޯ؟ ބައްލަވާ އަޅުގަނޑު ލާފަ ހުރި އެއްޗެހި، ބައްލަވާ އަޅުގަނޑުގެ ޓައީ" ޖާބިރު މިއަދު ވިދާޅުވިއެވެ.

ޖާބިރު އިތުރަށް ވިދާޅުވީ އިންކަމް ޓެކްސް ނަގަން ނަފްރަތު ކުރާ ކަމަށާއި އެ ބިލު އޮފްލޯޑް ކޮށް އެބޯޓް ކުރަން އެބަ ޖެހޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް