މުންނާރުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ފަށައިފި

މާލޭ ހުކުރު މިސްކިތުގެ މުންނާރުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ. މި މަސައްކަތް  މިއަދު ފަށާފައިމިވަނީ މޫސުން ގޯސްވުމުގެ ސަބަބުން ނުފެށި ވާކަމަށް މީގެ ކުރިން ސްޓެލްކޯއިން ބުނުމަށް ...

04 Dec 2019 | 06:59

މާލޭ ހުކުރު މިސްކިތުގެ މުންނާރުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ. މި މަސައްކަތް  މިއަދު ފަށާފައިމިވަނީ މޫސުން ގޯސްވުމުގެ ސަބަބުން ނުފެށި ވާކަމަށް މީގެ ކުރިން ސްޓެލްކޯއިން ބުނުމަށް ފަހުގައެވެ.

މި މަސައްކަތް ހެރިޓޭޖް މިނިސްޓްރީ އާއި ސްޓެލްކޯ ގުޅިގެން މިއަދު ކުރިއަށް ގެންދާއިރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މި މަސައްކަތް ކުރިއަށްދާ ސަރަހައްދަށް ވަޑައިގެން މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލައްވާފައެވެ.

މި މަސައްކަތް ކުރިއަށްދާއިރު މި މަސައްކަތް މިއަދު ފައްޓަވައިދެއްވީވެސް ރައީސް ސޯލިހެވެ. އަދި މި މަސައްކަތުގައި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމުނާއި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުގްނީ ބައިވެރިވެވަޑައިގެންނެވިއެވެ.

https://twitter.com/STELCOMALDIVES/status/1202093450096775169

އާސާރީ ތަރިކައެއް ކަމުގައިވާ މުންނާރު ވަރަށް ބޮޑަށް މި ފަހުން ހަޑިވުމުން ގިނަ ބަޔަކު ވަނީ މިކަމާ ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް