ޑރ. ޝަހީމްގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

ޑރ. އަފްރާޝީމްގެ މަރުގެ މައްސަލައިގާ ދޮގު މައުލޫމާތު ދެއްވި މައްސަލައިގާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ މައްޗަށް ދައުވާކުރަން ފޮނުވައިފިއެވެ. ޑރ. ޝަހީމްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީއަށ...

04 Dec 2019 | 06:21

ޑރ. އަފްރާޝީމްގެ މަރުގެ މައްސަލައިގާ ދޮގު މައުލޫމާތު ދެއްވި މައްސަލައިގާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ މައްޗަށް ދައުވާކުރަން ފޮނުވައިފިއެވެ.

ޑރ. ޝަހީމްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީއަށް ފޮނުވާފައިވަނީ މަރު ކޮމިޝަނުންނެވެ. އެގޮތުން އެ ކޮމިޝަނުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އެ ކޮމިޝަނުން ބަލަމުން ގެންދިޔަ ޑރ. އަފްރާޝީމްގެ މަރުގެ މައްސަލާގެ ތަހުގީގަށް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ދޮގު މައުލޫމާތު ދެއްވާފައިވާތީ އާއި، ތަހުގީގަށް ހުރަސް އަޅުއްވާފައިވާތީވެ، އެ މައްސަލާގައި އޭނާގެ މައްޗަށް ދައުވާކޮށްދެއްވުން އެދި  ޕީޖީ އޮފީހަށް މައްސަލަ ފޮނުވާފައިވާނެ ކަމަށެވެ.

ޑރ. ޝަހީމްގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވާއިރު މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން ޑރ.އަފްރާޝީމް ޢަލީގެ މަރާ ގުޅޭގޮތުން ތައްޔާރުކުރި ރިޕޯޓުގައި ޝަހީމްގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވެއެވެ. އެގޮތުން މަރު ކޮމިޝަނަށް ޝަހީމް ދެއްވާފައިވަނީ ދޮގު ބަޔާނެއްކަމަށް ކޮމިޝަނުގެ ރިޕޯޓުގައި ބުނެފައިވެއެވެ.

ޑރ. އަފްރާޝީމްގެ މަރުގެ މައްސަލައިގާ މުހައްމަދު މަޒީދު އަދި ސާމިތު މުހައްމަދު ނަމަކަށް ކިޔާ ދެ މީހެއްގެ މައްޗަށްވެސް ދައުވާކުރަން މަރު ކޮމިޝަނުން ވަނީ ޕީޖީ އޮފީހަށް ފޮނުވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް