އިތުރު ފުރިހަމަ ކަމާއެކު އުރީދޫގެ އެކު ޕޯސްޓްޕެއިޑް ޕެކޭޖްތައް ތައާރަފް ކޮށްފި

ޑޭޓާ އެލަވަންސް އިތުރުކޮށް، ތަފާތު ލޯޔަލްޓީ ފައިދާތަކާއި އިތުރު ފުރިހަމަކަމާއި އެކު އުރީދޫ "އެކު" ޕޯސްޓްޕެއިޑް ޕެކޭޖްތައް ތަޢާރަފްކޮށްފިއެވެ. އުރީދޫއިން މައުލޫމާތުދެއްވާގޮތުގައި އުރީދޫ އިން އަލަށް ތައ...

04 Dec 2019 | 05:09

ޑޭޓާ އެލަވަންސް އިތުރުކޮށް، ތަފާތު ލޯޔަލްޓީ ފައިދާތަކާއި އިތުރު ފުރިހަމަކަމާއި އެކު އުރީދޫ "އެކު" ޕޯސްޓްޕެއިޑް ޕެކޭޖްތައް ތަޢާރަފްކޮށްފިއެވެ.

އުރީދޫއިން މައުލޫމާތުދެއްވާގޮތުގައި އުރީދޫ އިން އަލަށް ތައާރަފްކޮށްފައިވާ "އެކު" ޕޯސްޓްޕެއިޑް ޕްލޭންތަކާއި އެކު، ބޭނުންކުރައްވާ ކަސްޓަމަރުންނަށް ޑޭޓާ އެލަވަންސް އިތުރުވެ، އެންމެ ފަހުގެ މޮބައިލް ފޯންތައް އިންސްޓޯލްމަންޓް ޕްލޭންތަކުގެ ދަށުން ބައްލަވައިގަތުމުގެ ފުރުސަތު ލިބުންފަދަ، ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭ ތަފާތު އެކި ފައިދާތައް ލިބިގެންދާނެއެވެ.

"ރާއްޖޭގެ އެންމެ މަގްބޫލު ޕޯސްޓްޕެއިޑް ޕެކޭޖްތަކަށް އިތުރު ފުރިހަމަކަމެއް މިހާރު މިވަނީ ގެނެވިފައި. ކަސްޓަމަރުންގެ ތަފާތު އެކި ބޭނުންތަކަށް ބެލުމަށް ފަހު، އެންމެ ގުޅޭގޮތަށް އެކުލަވާލެވިފައިވާ ޕޯސްޓްޕެއިޑް ޕެކޭޖްތައް މެދުވެރިކޮށް، ކުރިޔަށް ވުރެ ގިނައިން ޑޭޓާ އެލަވަންސް ލިބި، ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެ. "އެކު" ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އުރީދޫ މޫލީ ބޭނުންކުރައްވައިގެން ޑިޖިޓަލްކޮށް ބާޒާރުކުރުމުގެ ޚިދުމަތާއި، އުރީދޫ އެޕް މެދުވެރިކޮށް ފަސޭހަކަމާއި އެކު ބިލް ދެއްކުމާއި، އުރީދޫ ނެކްސްޓް، ސޯޝަލް މީޑިޔާ އަދި ޗެޓްއިން ކަސްޓަމަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެވޭނެ." އުރީދޫގެ ޕޯސްޓްޕެއިޑް ބިޒްނަސް މެނޭޖަރ، ދިޔާނާ އަފީފް ވިދާޅުވިއެވެ.

"އެކު" ޕޯސްޓްޕެއިޑް ޕެކޭޖްތަކާއި އެކު ކަސްޓަމަރުންނަށް ލިބިގެންދާ ތަފާތު ގިނަގުނަ ފައިދާތަކުގައި ހިމެނެނީ:

-   ރާއްޖޭގެ އެންމެ ބޮޑު ޑޭޓާ އެލަވަންސްތައް

-    އޮޕްޓިމައިޒް ކުރެވިފައިވާ ވީޑީއޯ ސްޓްރީމިންގ

-   ވައިފައި ކޯލިންގ

-   އެޗްޑީ ވޮއިސް މެދުވެރިކޮށް ކުރެވޭ އެންމެ ސާފުކޮށް އަޑު ފޯރުކޮށްދެވޭ ވޮއިސް ކޯލްތައް

-  އީ-ސިމްގެ ޚިދުމަތް

-  އެންމެ ފަހުގެ ފޯންތައް އިންސްޓޯލްމަންޓް ޕްލޭންތައް މެދުވެރިކޮށް

-  ތަފާތު އެކި ކަސްޓަމަރުންގެ ބޭނުންތަކާ ގުޅޭގޮތަށް އެކުލަވާލެވިފައިވާ ޕްލޭންތައް

"އެކު" ޕޯސްޓްޕެއިޑް 1000 ޕްލޭން އާއި މަތީގެ ޕްލޭންތައް އިޚްތިޔާރުކުރައްވާ ކަސްޓަމަރުންނަށް، އިތުރު ފަސޭހަކަމާއި އެކު ގިނަގުނަ ޚިދުމަތްތަކެއް ލިބިގެންދާ ކްލަބް ޕްރިމިއަރގެ ފައިދާތައްވެސް ލިބިގެންދާނެ:-

-  ކްލަބް ޕްރެމިއަރ ކަސްޓަމަރުންނަށް ހިލޭ ފޯރުކޮށްދެވޭ ލައިފް އިންޝުއަރެންސް

-  ދުނިޔޭގެ އެކިކަންކޮޅުތަކުން 1300 އަށްވުރެ ގިނަ އެއަރޕޯޓްތަކުގައިވާ ލައުންޖްތަކުން ޚިދުމަތް ހޯދުމަށް ބޭނުންކުރެވޭ ޕްރަޔޮރިޓީ ޕާސް

-  ރާއްޖެ އާއި ރާއްޖޭން ބޭރުގެ ޕާޓްނަރުން ދެއްވާ ހާއްސަ ޑިސްކައުންޓްތައް

-  ކްލަބް ޕްރިމިއަރ ލައުންޖްގެ ޕްރީމިއަމް ޚިދުމަތްތައް

-  ކްލަބް ޕްރިމިއަރ ކަސްޓަމަރުންނަށް ޚާއްސަކުރެވިފައިވާ ހެލްޕްލައިން

-  އުރީދޫ އިން ފޯރުކޮށްދޭ ޚިދުމަތްތަކާއި ހިންގާ ޕްރޮމޯޝަންތަކާއި ގުޅޭ ޚާއްސަ އޮފަރތައް

އުރީދޫ 'އެކު' ޕޯސްޓްޕެއިޑްގެ ޚިދުމަތްތަކާއި ފައިދާތައް ހޯއްދެވުމަށް ބޭނުންފުޅުވާ ފަރާތްތަކަށް އުރީދޫއިން އަބަދުވެސް މަރުހަބާ ކިޔައެވެ.  އިތުރު މަޢުލޫމާތު ހޯއްދެވުމަށް ore.do/postpaid އަށް ޒިޔާރަތްކުރެއްވުމުން އުރީދޫ ޕޯސްޓްޕެއިޑް ޚިދުމަތްތަކާއި ގުޅޭ ތަފްސީލްތައް ލިބިވަޑައިގަންނަވާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް