ކައުންސިލް އިންތިހާބުގައި އަންހެނުންނަށް ވަކި އަދަދެއް ދިނުމާ ގާސިމް ދެކޮޅު

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އަންހެން ކަނބަލުންނަށް ވަކި މިންވަރެއް ހާއްސަކުރުމާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާޙިމް ދެކޮޅުކަން ހާމަކުރައްވައިފިއެވެ. ގާސިމް މި މޭރުމުން ވާހަކަފު...

04 Dec 2019 | 04:55

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އަންހެން ކަނބަލުންނަށް ވަކި މިންވަރެއް ހާއްސަކުރުމާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާޙިމް ދެކޮޅުކަން ހާމަކުރައްވައިފިއެވެ.

ގާސިމް މި މޭރުމުން ވާހަކަފުޅު ދެއްކެވީ އެ ޕާޓީއަށް މެމްބަރުންތަކެއް ސޮއި ކުރުމަށް ރޭ އެ ޕާޓީގެ މައި އިދާރާ، މ. ކުނޫޒްގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ލާމަރުކަޒީ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލުގައި ކައުންސިލްތަކުގައި 33 ޕަސަންޓް އަންހެނުންނަށް ހާއްސަ ކުރުމަށް ވަނީ، ހިމަނާފަ އެވެ.

އެ ބިލު ކޮމިޓީ މަރުހަލާގައި ނިންމައި މަޖިލީހުގެ ތަޅުމަށް މިހާރު ފޮނުވާފައިވާއިރު ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ކައުންސިލްތަކުގައި އަންހެނުންނަށް ވަކި ޕަސަންޓެއް އަމާޒު ކުރުމަކީ، ގާނޫނު އަސާސީގެ އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބާބާ ހިލާފު ކަމެއް ކަމަށެވެ.

ގާނޫނު އަސާސީގައި ބުނެފައި އޮންނަނީ ވަކި ޖިންސަކުން ވަކި ކުލަޔަކުން ވަކި ނަސަބަކުން ހަސަބަކުން އަޔަތީ ތަފާތެއް ނުކުރެވޭނެ ކަމަށް ކަމަށާއި އެހެންކަމުން ދެ ޖިންސުގެ މެދުގައިވެސް އެ ތަފާތު ގެނައުމަށް ވަކި ބަޔަކަށް ވޯޓު ހޯދުމުގެ ބޭޏުމުގައިވެސް ވަކި ޕަސެންޓެއް ކަނޑައަޅާދިނީމާ، އަންހެން ބޭފުޅުންނަށް އެހެން މީހުންގެ ހައްގުތަށް އޯވަރައިޑް ކުރެވޭ ކަމަށެވެ.

ގާސިމް އިތުރަށް ވިދާޅުވީ މިހާރުވެސް އިންތިހާބުގައި ވާދަކޮށް ކާމިޔާބު ކުރުމަށް އަންހެން ބޭފުޅުންނަށް ހުރަހެއް ނެތް ކަމަށެވެ. މަސައްކަތް ކޮށްގން ވޯތު ހޯއްދަވައިގެން އިންތިހާބު ކާމިޔާބު ކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް