ގައުމީ ފުޓްބޯޅަ ޓީމު ސްރީލަންކާއަށް - ކޯޗު ބުނީ މި މުބާރާތުގައި ރާއްޖޭގެ ފެންވަރު ވަޒަން ކުރެވޭނެ ކަމަށް

ދިވެހި ގައުމީ ފުޓްބޯޅަ ޓީމު ސްރީލަންކާއަށް ހިނގައްޖެ އެވެ. އެ ޓީމު ލަންކާއަށް މި ދިޔައީ މަހިންދަ ރާޖަޕަކްސާ ޓްރޮފީ މުބާރާތުގައި ބައިވެރިވުމަށެވެ. މި މުބާރާތް ފަށާނީ އަންނަ ހަފްތާގަ އެވެ. މި މުބާރާތުގަ...

04 Nov 2021 | 14:54

ދިވެހި ގައުމީ ފުޓްބޯޅަ ޓީމު ސްރީލަންކާއަށް ހިނގައްޖެ އެވެ.

އެ ޓީމު ލަންކާއަށް މި ދިޔައީ މަހިންދަ ރާޖަޕަކްސާ ޓްރޮފީ މުބާރާތުގައި ބައިވެރިވުމަށެވެ. މި މުބާރާތް ފަށާނީ އަންނަ ހަފްތާގަ އެވެ.

މި މުބާރާތުގައި ރާއްޖޭގެ އިތުރުން ބަންގްލަދޭޝް، ލަންކާ، ސީޝެލްސް ބައިވެރިވެ އެވެ.

ރާއްޖޭގެ ހެޑް ކޯޗުގެ ގޮތުގައި ލަންކާއަށް ގޮސްފައިވަނީ ޓީމާ އަލަށް ހަވާލުވި އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ އެވެ.

މި މުރާތާރާއި ބެހޭގޮތުން ކޯޗު ބުނެފައިވަނީ މި މުބާރާތުގައި ރާއްޖޭގެ ފެންވަރު ވަޒަން ކުރެވޭނެ ކަމަށެވެ.

ރާއްޖޭގެ ގައުމީ ޓީމަކީ ވަރުގަދަ ޓީމަކަށް ހެދުމުގެ އަޒުމުގައި ހުރި ކޯޗު ބުނީ ޓީމުގެ ފިޒިކްސް އާ ޓެކްޓިކަލް ޕްލޭނަށް މަސައްކަތް ކުރުމަށް އިސްކަންދޭނެ ކަމަށެވެ.

މި މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި މިމަހުގެ 8 ވަނަ ދުވަހު ނުކުންނާނީ ލަންކާ އާއި ދެކޮޅަށެވެ. އޭގެ ތިން ދުވަސް ފަހުން ބަންގްލަދޭޝް އާ ދެކޮޅަށް ނުކުންނައިރު، އެ މެޗަށް ފަހު ނުކުންނާނީ ސީޝެލްސް އާ ދެކޮޅަށެވެ.

އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމު ފައިނަލަށް ދާއިރު، ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 17 ގަ އެވެ.

ރާއްޖޭގައި މިދިޔަ މަހު ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި މީގެ ކުރިން ބަންގްލަދޭޝް އާއި ލަންކާ އާއި އެއްކޮށް ކުޅެ، އެ ދެ މެޗުން މޮޅުވިއިރު، ގައުމީ ޓީމް ސާފް ޗެމްޕިއަންޝިޕުން ކެޓީ، ފަހު މެޗުގައި އިންޑިއާ އަތުން ބަލިވުމުން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް