މޯލްޑިވިއަން އިން އިންޑިއާގެ ދިއްލީއަށް ދަތުރުތައް ފަށައިފި އެވެ.
ރާއްޖޭގެ ގައުމީ އެއަރލައިނުން ބުނ ީމިއަދު ފެށި ދަތުރުތައް މާލެ އާއި ދިއްލީ ދެމެދު ހަފުތާއަކު ތިން ދަތުރު ކުރާނެ ކަމަށެވެ. އަދި ޓިކެޓެއްގެ އަގު ފެށެނީ 142 ޑޮލަރު (2،180ރ.) އިން ކަމަށެވެ.
މި ދަތުރުތައް ފެށުމުގެ ގޮތުން މޯލްޑިވިއަން އިން ސޯޝަލް މީޑިއާގައި ހިންގި ހަރަކާތްތަކާއި ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ކުޑަކުދިންގެ ހަވީރު ހިމެނެ އެވެ. އަދި އެ ކުންފުނީގެ މުވައްޒަފުންގެ އާއިލާ މެމްބަރުންނަށް ދިއްލީއަށް ދެކޮޅު ޓިކެޓް އެންމެ 150 ޑޮލަރަށް ލިބޭ ޕެކޭޖެއް ވެސް ވަނީ ތައާރަފު ކޮށްފަ އެވެ.
މިއީ ކޮވިޑް-19ގެ ފަހުން ގައުމީ އެއަރލައިނުން އަލަށް ދަތުރު ފެށި ފުރަތަމަ މަންޒިލެވެ.
މޯލްޑިވިއަން އިން މާފަރާއި ދިއްލީއާ ދެމެދު ދަތުރުތައް ފަށަން ވެސް ވަނީ ނިންމާފަ އެވެ. ނަމަވެސް މި ދަތުރުތައް ފަށާ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް