ހޭންޑްބޯލް އާއި ވޮލީގެ ގައުމީ ޓީމުތަކަށް ބަހްރައިންގައި ތަމްރީން ހެދުމުގެ ފުރުސަތު

ރާއްޖޭގެ ގައުމީ ހޭންޑްބޯލް އަދި ވޮލީ ޓީމުތަކަށް ބަހްރައިންގައި ތަމްރީން ހެދުމުގެ ފުރުސަތު ފަހިވެފައިވާ ކަމަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަހްލޫފް ވިދާޅުވެ...

04 Nov 2021 | 14:17

ރާއްޖޭގެ ގައުމީ ހޭންޑްބޯލް އަދި ވޮލީ ޓީމުތަކަށް ބަހްރައިންގައި ތަމްރީން ހެދުމުގެ ފުރުސަތު ފަހިވެފައިވާ ކަމަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

ބަހްރައިންއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މަހްލޫފް ވަނީ އެގައުމުގެ ހޭންޑްބޯޅަ ފެޑެރޭޝަންގެ ރައީސްގެ އިތުރުން ވޮލީބޯޅަ އެސޯސިއޭޝަންގެ ރައީސްއާ ވެސް ބައްދަލުކުރައްވާފަ އެވެ.

އެގައުމުގެ ވޮލީ ފެޑެރޭޝަންގެ ރައީސް ވަނީ ރާއްޖޭގެ ގައުމީ ޓީމުތަކަށް ތަމްރީން ހެދުމުގެ ފުރުސަތާއި ރަހުމަތްތެރިކަމުގެ މެޗުތައް ކުޅުމުގެ ފުރުސަތު ލިބިގެންދާނެ ކަމުގެ ޔަގީންކަން މިނިސްޓަރ ވަނީ ދެއްވާފަ އެވެ. އަދި ރާއްޖޭގައި ވޮލީކުރިއެރުވުމަށް ވެސް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ވެސް ވަނީ ދެއްވާފަ އެވެ.

ދެގައުމުގެ މެދުގައި ސޮއިކުރެވޭ އެމްއޯޔޫއަކީ ލިބިގެންދާނެ ބޮޑު ކުރިއެރުމެއްގެ ގޮތުގައި މިނިސްޓަރ މަހްލޫފް ވަނީ ސިފަކުރައްވާފަ އެވެ.

ބަހްރައިންގެ ހޭންޑްބޯޅަ ފެޑެރޭޝަންގެ ރައީސް ވެސް ވަނީ ރާއްޖޭގެ ގައުމީ ޓީމުތަކުން އެ ގައުމުގެ ތަމްރީންތައް ހެދުމުގެ ދައުވަތު ދެއްވާފަ އެވެ. އަދި ރާއްޖޭގައި ހޭންޑްބޯޅަ ކުރިއެރުވުމަށް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ވެސް ވަނީ ދެއްވާފަ އެވެ.

މިނިސްޓަރ މަހްލޫފްގެ ދަތުރުފުޅުގައި ވަނީ އެގައުމުގެ ޔޫތު އެންޑް ސްޕޯޓްސް އެފެއަރޒް މިނިސްޓަރާއި ވެސް ބައްދަލުކުރައްވައި ދެ ގައުމުގެ މެދުގައި މި ދާއިރާތަކުން ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް