9 ބޯލް ޗެންޕިއަންޝިޕް މިރޭ ފަށަނީ

9 ބޯލް ޗެންޕިއަންޝިޕް 2021 މިރޭ ފަށާނެ ކަމަށް ބިލިއާރޑް އެސޯސިއޭޝަނުން ބުނެފި އެވެ. އެ އެސޯސިއޭޝަނުން ބުނީ މި ނޮވެމްބަރ މަހުގެ 10 ވަނަ ދުވަހާއި ހަމައަށް ކުރިއަށް ގެންދާ މި މުބާރާތް ކުރިއަށްދާނީ ރޭގަޑު...

04 Nov 2021 | 11:21

9 ބޯލް ޗެންޕިއަންޝިޕް 2021 މިރޭ ފަށާނެ ކަމަށް ބިލިއާރޑް އެސޯސިއޭޝަނުން ބުނެފި އެވެ.

އެ އެސޯސިއޭޝަނުން ބުނީ މި ނޮވެމްބަރ މަހުގެ 10 ވަނަ ދުވަހާއި ހަމައަށް ކުރިއަށް ގެންދާ މި މުބާރާތް ކުރިއަށްދާނީ ރޭގަޑު 7.30 އިން 12:00 އަށް ކަމަށެވެ.

ނެޝަނަލް ބިލިއަރޑު ސެންޓަރ ގައި ކުރިއަށްދާ މި މުބާރާތުގެ ފިރިހެން ޑިވިޝަން ކުރިއަށްދަނީ 64 ކުޅުންތެރިންގެ މެދުގައި ޑަބަލް އެލިމިނޭޝަން އުސޫލުން ކަމަށާއި ފިރިހެން ޑިވިޝަންގެ ފައިނަލް މެޗު ފިޔަވާ އެހެން މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ރޭސްޓު 7 ފްރޭމްސްއަށް ކަމަށް ވެސް ބުންނެވެ. އަދި ފިރިހެން ޑިވިޝަންގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރޭސްޓު 9 ފްރޭވްސްއަށް ކަމަށް ވެސް ބުންޏެވެ.

އެ އެސޯސިއޭޝަނުން ބުނީ އަންހެން ޑިވިޝަން ކުރިއަށްދަނީ 10 ކުޅުންތެރިންގެ މެދުގައި ޑަބަލް އެލިމިނޭޝަން އުސޫލުން ކަމަށާއި އަންހެން ޑިވިޝަންގެ ފައިނަލް މެޗު ފިޔަވާ އެހެން މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ރޭސްޓު 5 ފްރޭމްސްއަށް ކަމަށެވެ.

މި ޑިވިޝަންގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރޭސްޓު 7 ފްރޭމްސްއަށް ކަމަށް ވެސް އެސޯސިއޭޝަނުން ބުންޏެވެ.

މި މުބާރާތުގެ ފިރިހެން ޑިވިޝަންގައި 124 މެޗު އަންހެން ޑިވިޝަންގައި 18 މެޗު ކުޅުމަށް ހަމަޖެހިފައި ވެއެވެ.

މުބާރާތުގައި ޗެންޕިއަން ޓީމު، ރަނަރަޕް ޓީމުގެ އިތުރުން އެންމެ މޮޅު 8 ފިރިހެން ކުޅުންތެރިންނާއި އެންމެ މޮޅު 5 އަންހެން ކުޅުންތެރިން ހޮވުމަށް ވަނީ ނިންމާފަ އެވެ. އަދި އެންމެ ގިނަ ރަންއައުޓް އަދި ބްރޭކް ރަންއައުޓް ޖަހާ ކުޅުންތެރިޔާ ހޮވުމަށް ވެސް ވަނީ ނިންމާފަ އެވެ.

މި އަހަރު ދެން އޮންނާނީ ޤައުމީ ބިލިއަޑު މުބާރާތެވެ. މި މުބާރާތް ބޭއްވުމަށް ތާވަލުކޮށްފައިވަނީ އަންނަ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް