ނެޓްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕް: ޔޫތް ޔުނައިޓެޑް އާއި މަހިބަދޫއަށް މުހިންމު މޮޅެއް

ނެޓްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި ރޭ ކުޅުނު މެޗުތައް ޔޫތް ޔުނައިޓެޑް އާއި މަހިބަދޫ ސްޕޯޓްސް ކްލަބް ކާމިޔާބުކޮށްފި އެވެ. ރޭގެ މެޗުތަކުގެ ތެރެއިން ޔޫތް ޔުނައިޓެޑް އެސް ސީ އާއި ޔުނައިޓެޑް ޔިނިޓީ ބ...

04 Nov 2021 | 10:11

ނެޓްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި ރޭ ކުޅުނު މެޗުތައް ޔޫތް ޔުނައިޓެޑް އާއި މަހިބަދޫ ސްޕޯޓްސް ކްލަބް ކާމިޔާބުކޮށްފި އެވެ.

ރޭގެ މެޗުތަކުގެ ތެރެއިން ޔޫތް ޔުނައިޓެޑް އެސް ސީ އާއި ޔުނައިޓެޑް ޔިނިޓީ ބައްދަލުކުރި މެޗު 46 ޕޮއިންޓު 21 ޕަޮއިންޓުން ކާމިޔާބުކުރީ ޔޫތް ޔުނައިޓެޑް އެވެ. މި މެޗުގެ ކްއީން އޮފް ދަ މެޗުގެ މަގާމަށް ހޮވުނީ ޔޫތް ޔުނައިޓެޑްގެ މަލަކް އިސްމާއިލް މުހައްމަދު އެވެ.

ރޭ ދެން ކުޅުނީ މަހިބަދޫ ސްޕޯޓްސް ކްލަބާއި ސްކައިލާރކް އެވެ. މި މެޗު73 ޕޮއިންޓު8 ޕޮއިންޓުގެ ތަފާތު ނަތީޖާއަކުން ކާމިޔާބު ކުރީ މަހިބަދޫ އެވެ. މި މެޗުގެ ކްއީން އޮފް ދަ މެޗުގެ މަގާމަށް ހޮވުނީ މަހިބަދޫގެ ން ޢައިޝަތު ޒުނާން ނިމާލް އެވެ.

މި މުބާރާތުގައި މިރޭ ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޒެނިތް އާއި މެޓްރިކްސް އެވެ. އަދި ދެވަނަ މެޗުގައި ބައްދަލުކުރާނީ ޝައިނިންގ ސްޓާރ އާއި ލޮރެންޒޯ އެވެ.

10 ޓީމާއެކު ކުރިއަށް ގެންދާ މިއަހަރުގެ މުބާރާތުގައި ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ވެސް ދެ މެޗު ކުޅުމަށް ވަނީ ތާވަލުކޮށްފަ އެވެ.

ފުރަތަމަ މެޗު 19:45 ގައި ފަށާނެ އެވެ. އަދި ދެވަނަ މެޗު ފަށާނީ 21:30 އެވެ.

ހުކުރު ދުވަހު 3 މެޗުު ކުޅުމަށް ވަނީ ނިންމާފަ އެވެ. އެއީ ހަވީރު 16:30 އަދި ރޭގަނޑު ދެ މެޗެވެ.

މުބާރާތުގައި ބައިވެރިވި 10 ޓީމު ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ އިރު، މި މުބާރާތް މި ނޮވެމްބަރ މަހުގެ 11 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާނެ އެވެ.

ނޮވެމްބަރ 10 ވަނަ ދުވަހުގެ ރޭ ކުޅޭ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ވާދަކުރާނީ ގްރޫޕް އޭގެ އެއްވަނަ ޓީމާއި ގްރޫޕް ބީގެ ދެވަނަ ޓީމެވެ. އަދި ސެމީގެ ދެވަނަ މެޗުގައި ވާދަކުރާނީ ގްރޫޕް ބީގެ އެއްވަނަ ޓީމާއި ގްރޫޕް އޭ ގެ ދެވަނަ ޓީމެވެ.

ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގައި ކުރިއަށްދާ މި މުބާރާތުގެ މެޗުތައް ބެލުމަށް ވަނުން ވަނީ ހިލޭ ހުޅުވާލާފަ އެވެ.

އެހެންނަމަވެސް ކޮވިޑް ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައި ވާންޖެހޭނެ ކަމަށާއި ކޮވިޑުން ރައްކާތެރިވުމަށް އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމަށް އެސޯސިއޭޝަނުން ވަނީ އިލްތިމާސް ކޮށްފަ އެވެ. އަދި މާސްކު އަޅައިގެން ތިބުމަށް އެސޯސިއޭޝަނުން ވަނީ އެދިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް