އުނގޫފާރު މަގު ހެދުމުގެ މަޝްރޫއުގެ ފޭސް ދޭއްގެ މަސައްކަތްވެސް އެމްޓީސީސީއަށް

ރ. އުނގޫފާރު މަގުތައް ހެދުމުގެ މަޝްރޫއުގެ ފޭސް ދޭއްގެމަސައްކަތްވެސް އެމްޓީސީސީ އާ ހަވާލުކޮށްފި އެވެ. މި އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީ އާއި އެމްޓީސީސީ އާއި ދެމެދު ސޮއިކޮށްފައިވަނީ މިދިޔަ މަހުގެ ...

04 Nov 2021 | 09:49

ރ. އުނގޫފާރު މަގުތައް ހެދުމުގެ މަޝްރޫއުގެ ފޭސް ދޭއްގެމަސައްކަތްވެސް އެމްޓީސީސީ އާ ހަވާލުކޮށްފި އެވެ.

މި އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީ އާއި އެމްޓީސީސީ އާއި ދެމެދު ސޮއިކޮށްފައިވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހު އެވެ.

މި އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓާ ޖެނެރަލް ޒީނިޔާ އަޙްމަދު ހަމީދުއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ އާދަމް އާޒިމްއެވެ.

މި މަޝްރޫޢުގެ ދަށުން އައު މަގުތަކެއްގައި ތާރުއަޅައި، މަގު ތަކުގައި ފެންހިންދާ ނިޒާމް ޤާއިމު ކޮށް މަގުބައްތި ޖެހުން ހިމެނެއެވެ.

ޕްލޭނިން މިނިސްޓްރީން މި މަސައްކަތް އެ ކުންފުންޏާއި ހަވާލު ކުރީ އެއް އަހަރު ތެރޭގައި ނިންމާގޮތަށެވެ. މިއީ 21.6 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް