ފައިނު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ 63 ޕަސެންޓު މަސައްކަތް ނިމިއްޖެ

ރ. ފައިނު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ 63 ޕަސެންޓު މަސައްކަތް ނިމިއްޖެ އެވެ. މި މަޝްރޫއު ކުރިޔަށް ގެންދަނީ އެމްޓީސީސީންނެވެ. އެ ކުންފުނިން ބުނީ މިހާރު ކުރިޔަށް ދަނީ ގޮނޑުދޮށް ހިމާޔަތް ކުރުމަ...

04 Nov 2021 | 07:54

ރ. ފައިނު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ 63 ޕަސެންޓު މަސައްކަތް ނިމިއްޖެ އެވެ.

މި މަޝްރޫއު ކުރިޔަށް ގެންދަނީ އެމްޓީސީސީންނެވެ.

އެ ކުންފުނިން ބުނީ މިހާރު ކުރިޔަށް ދަނީ ގޮނޑުދޮށް ހިމާޔަތް ކުރުމަށްޓަކައި، ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކަމަށެވެ. އެ މަސައްކަތް މިމަހު އެކެއްގައި ވަނީ ފަށާފަ ކަމަށް ބުންޏެވެ.

އެމްޓީސީސީން މައުލޫމާތުދޭގޮތުގައި މި މަޝްރޫޢުގެ ދަށުން، 8100 ކިއުބިކް މީޓަރުގެ ވެލި ބެކްފިލްކުރުމަށް ހަމަޖެހިފައިވެ އެވެ. އަދި 250 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

މިއީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއު އެކެވެ.

މިއީ 8.96 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް