އަލިފާނުގެ ހާދިސާގެ މަރާމާތައް ފަހު ހުކުރު މިސްކިތް ހުޅުވާލައިފި

ވަގުތީ ގޮތުން ބަންދު ކުރުމަށް ފަހު މާލޭ ހުކުރު މިސްކިތް އާންމުކޮށް ހުޅުވާލައިފި އެވެ. މިސްކިތް ބަންދު ކުރީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެތަނުގައި ހިނގި އަލިފާނުގެ ހާދިސާ އަކާއި ގުޅިގެންނެވެ. އަލިފާނ...

04 Nov 2021 | 07:26

ވަގުތީ ގޮތުން ބަންދު ކުރުމަށް ފަހު މާލޭ ހުކުރު މިސްކިތް އާންމުކޮށް ހުޅުވާލައިފި އެވެ.

މިސްކިތް ބަންދު ކުރީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެތަނުގައި ހިނގި އަލިފާނުގެ ހާދިސާ އަކާއި ގުޅިގެންނެވެ. އަލިފާން ރޯވީ ކަރަންޓު ޝޯޓެއް ވެގެންނެވެ.

ހެރިޓޭޖް މިނިސްޓްރީން މިއަދު ބުނީ މިސްކިތުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ކަރަންޓުގެ ރައްކާތެރިކަން ކަށަވަރުކޮށްފައިވާ ކަމަށެވެ. އަދި މިވަގުތަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްފަހު އާންމުންނަށް ހުޅުވާލެވިފައިވާ ކަމަށެވެ.

މިސްކިތް އާންމުންނަށް ހުޅުވާލީ ރޭ ފަތިސް ނަމާދުން ފެށިގެންނެވެ.

ހުކުރު މިސްކިތު ފަންކާގައި ރޯވި އަލިފާނުގެ ހާދިސާގައި މިސްކިތުގެ މަތިވަނޑާންގަނޑަށްވެސް ގެއްލުން ލިބުނެވެ. ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

ހުކުރު މިސްކިތަކީ ރާއްޖޭގެ އެންމެ ދުވަސްވީ މިސްކިތެވެ. މި މިސްކިތަށް މިހާރު300 އަށްވުރެ ގިނަ އަހަރު ވެއްޖެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް