މީހެއްގެ ފިރިއަކު ދެކެ ލޯބިވެވިއްޖެނަމަ ލޮލުގައި މަސްކާރާ ނާޅާތި: ނީނާ

މީހެއްގެ ފިރިއަކު ދެކެ ލޯބިވެވިއްޖެނަމަ ލޮލުގައި މަސްކާރާ ނޭޅުމަށް އުމުރުން 62 އަހަރުގެ ނީނާ ގުޕްތާ ނަސޭހަތްތެރިވެއްޖެ އެވެ. ނީނާ މިހެން ބުނެފައި ވަނީ ކަމުގެ ހުރި ހިތްދަތިކަން ބުނެދިނުމުގެ ގޮތުންނެވެ....

04 Nov 2021 | 07:17

މީހެއްގެ ފިރިއަކު ދެކެ ލޯބިވެވިއްޖެނަމަ ލޮލުގައި މަސްކާރާ ނޭޅުމަށް އުމުރުން 62 އަހަރުގެ ނީނާ ގުޕްތާ ނަސޭހަތްތެރިވެއްޖެ އެވެ.

ނީނާ މިހެން ބުނެފައި ވަނީ ކަމުގެ ހުރި ހިތްދަތިކަން ބުނެދިނުމުގެ ގޮތުންނެވެ. ލޮލުން ކަރުނަ އަންނަން ޖެހޭނެފަދަ ހާލަތްތައް ގިނަ ގިނަ އިން އަންނާނެ ކަން ބުނެދިނުމުގެ ގޮތުންނެވެ.

ނީނާ ގުޕްތާ އަކީ ބެލުންތެރިންނަށް އާންމުގޮތެއްގައި ބޮލީވުޑްގެ ފިލްމުތަކުގައި މަންމައެއްގެ ރޯލުން ފެނިގެންދާ ފަންނާނެކެވެ.

ނީނާ ވަނީ މީގެ ކުރިންވެސް މީހެއްގެ ފިރިއަކާއި ލޯބީގެ ގޮތުން ގުޅިގެން އޭނާ އަށް ކުރަންޖެހުނު ހިތްދަތި ތަޖުރިބާ އާއި އިހްސާސްތައް ކޮންމެވެސް ވަރަކަށް އާންމުންނާއި ހިއްސާ ކޮށްފައެވެ. އިއްޔެ ނީނާ އޭނާގެ އިންސްޓަގްރާމްގައި ހިއްސާކުރި ވީޑިއޯއެއް ގައި ބުނެފައިވަނީ މީހުންގެ ފިރިންނާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭނަ އަބަދުވެސް ޖެހޭނީ ރޮއި ހިތާމަ ކުރަން ކަމުގައެވެ.

ނީނާ ވަނީ މީގެ ކުރިންވެސް މިމައުލޫގައި އެކި ފަހަރުމަތިން ވާހަކަ ދައްކާފަ އެވެ.

އެގޮތުން މީހުންގެ ފިރިންނާއި ލޯބީގެ ގޮތުން ގުޅިގެން އުޅުމުން ލިބޭ ހިތްދަތިކަމާއި ކުރިއެރުމެއް ނެތް ގުޅުންތަކެއް ކަން އަންހެން ކަނބަލުންނަށް ކިޔައިދީފައެވެ. ނީނާ ބުނެފައިވާގޮތުގައި ފިރިހެނުން އެމީހުންގެ މަޅީގައި އަންހެނަކު ޖައްސަން ވެއްޖެނަމަ ދައްކާ ތަފާތު ވާހަކަ ހުރެ އެވެ.

އޭގެ ތެރޭގައި ކައިވެނި ރޫޅާ ނުލާ މިއުޅެނީ ދަރިންނަށްޓަކައި ކަމަށާއި އަނބިމީހާ އާއި އޮންނަ ގުޅުން ރަނގު ނޫން ކަމަށް ބުނާ ކަމަށެވެ. އަދި ވަރަށް ހާލުގަ އަނބިމީހާ އާއި އެކު ކެތްކުރާކަމަށް ބުނާނެ ކަމަށެވެ. މީގެ އިތުރުން މީހުންގެ ފިރިންނާ ރަށްޓެހިވުމަށްފަހު އަންހެނުންނަށް އެނގިދާނެތީވެ، އަންހެންމީހާ އެދުނަސް އެކުގައި ތަންތަނަށް ދާން ފިރިހެންމީހާ އަށް ނުކެރޭ ކަމަށް ނީނާ ބުންޏެވެ.

ފިރިހެންމީހާ ކުރެން ކައިވެނިކުރަން އެދޭ ކޮންމެ ފަހަރަކު ބުނާނީ އޭނާގެ އަނބިމީހާ އާއި ދެމީހުން ހިއްސާވާ ގޮތަށް ބޭންކް އެކައުންޓާއި އެނޫންވެސް މުދާތައް ހުންނަ ކަމުގައެވެ. އެހެން ކަމުން ވަރިވުމަކީ އުނދަގޫ ކަމެއް ކަމުގައެވެ. އެންމެ ފަހުން އަންހެންމީހާ އަށް ގޮތް ހުސްވެ ގުޅުމަކީ ކުރިއެރުމެއް ނެތް ގުޅުމެއް ކަން އެނގި ޖެހިފައިވަނީ ވަކި ވާން ކަމަށް ބުނެފައިވެއެވެ.

ނީނާއަކީ ވެސް 1980 އަހަރުތަކުގެ ތެރޭގައި މީހެއްގެ ފިރިއެއް ކަމުގައިވާ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔަކާއި ލޯބީގެ ގޮތުން ގުޅިގެން އުޅެފައިވާ އަންހެނެކެވެ. އަދި ނީނާ އާއި ލޯބިވެރިޔާއަށް ލިބުނު އަންހެންދަރިފުޅު މަސާބާ ގުޕްތާ އަކީ މިހާރު އިންޑިއާގެ މަޝްހޫރު ފެޝަން ޑިޒައިނަަރެކެވެ. ނީނާބުނެފައި ވަނީ ކައިވެންޏަކާއި ނުލާ ދަރިފުޅު ދުނިޔެއަށް ގެނަައުމަށް އޭނާ ނިންމި ނިންމުމަކީ މުޅި އުމުރު ދުވަހަށް ދެމައިން ހިތާމަ ކުރާ ކަމެއް ކަމުގައެވެ.

ކޮންމެއަކަސް މީހުންގެ ފިރިންނާއި ލޯބީގެ ގޮތުން ގުޅިގެން އުޅުމަކީ ބުއްދިވެރި ގޮތެއް ނޫނެވެ. އަދި އެއީ ކުރިއެރުމެއް ނެތް ގުޅުންތަކަކަށް ވެ މިފަދަ ގިނަ ގުޅުންތައް ނިމިދަނީ ހިތާމަޔާއި ހިތްދަތި ކަން ދެމުންނެެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް