ވިނަރެސް ފްލެޓުތައް އަގުބޮޑުކަމުން އެގްރިމެންޓާއި ހިލާފުވާ ކަމަށް ބުނެ ސީލައިފުފް ފްލެޓު ގަތް މީހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.
މި ޕެޓިޝަންގައި ސީލައިފުން ފްލެޓުގަތް 122 މީހަކު ސޮއިކޮށްފައިވެ އެވެ. އެ މަޝްރޫއިން ފްލެޓު ގަތް މީހުންގެ ތެރެއިން ބަދަލު ބޭނުންވެގެން ކޯޓަށް ހުށަހެޅި395 މީހަކާއި އެކު ސަރުކާރުން އޮތީ އެއްބަސްވުމެއް ހަދާފަ އެވެ.
ރައީސަށް ހުށަހެޅި ޕެޓިޝަންގައި ބުނެފައިވަނީ ސަރުކާރާއި އެމީހުންނާއި ދެމެދު ވެފައިވާ އެގްރީމެންޓްގައި ސީލައިފް ފްލެޓް ލިބުނު މީހުންނަށް ސަރުކާރުން އަގުހެޔޮ ފްލެޓްތައް ދޭނެ ކަމަށް ބުނެފައިވާ ކަމަށެވެ. އެކަމަކު ވިނަރެސް ފްލެޓްތައް ވިއްކަން އިއުލާނުކޮށް ސީފައިލް ފްލެޓުގެ މީހުން ރެޖިސްޓްރީވާން ހުޅުވާލި އިރު އެ ފްލެޓުތަކުގެ އަގު ބޮޑު ކަމަށެވެ.
އެ ޕެޓިޝަންގައި ވަނީ އެމީހުންނާއި އެކު ސަރުކާރުން އެޑީސީވެސް ބައިވެރިވެގެން ސޮއިކޮށްފައިވާ ސެޓްލްމެންޓް އެގްރިމެންޓަށް އަމަލު ކުރަމުން ނުދާ ކަން ފާހަގަކޮށްފަ އެވެ. އަދި އެކަން ކަމާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ރައީސް އެމީހުންނާއި ބައްދަލު ކޮށްލެއްވުމަށް އެދިފައިވެ އެވެ.
ސީލައިފް އަށް ފައިސާ ދެއްކި މީހުންގެ ތެރޭގައި ފުލް ޕޭމަންޓު ދެއްކި މީހުންނާއި އެއްބައި ދެއްކި މީހުން ހިމެނެ އެވެ.
މި މައްސަލައިގަ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ)އަށް ދައުލަތުން ވަނީ ދައުވާ އުފުލާފައެވެ. މިވަގުތު އޭނާ ހުރީ އެއްބަންޑު އެއްބަފާ ދެމީހަކު ޖާމިނުވާގޮތަށް ގޭ ބަންދަށް ދޫކޮށްލާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް