ޔާމީން ދައުރުގަ އަސްކަރީ ކޯޓު ގާއިމުނުކުރެވުނީ ފެބްރުއަރީ އެކެއްގެ ސަބަބުން: އާދަމް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އަސްކަރީ ކޯޓު ގާއިމް ނުކުރެވުނީ އެކެއް ފެބްރުއަރީގެ ސަބަބުން ކަމަށް އޭރުގެ ޑިފެންސް މިނިސްޓަރު އަދި މިހާރު މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ވިދާޅު...

04 Nov 2021 | 06:14

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އަސްކަރީ ކޯޓު ގާއިމް ނުކުރެވުނީ އެކެއް ފެބްރުއަރީގެ ސަބަބުން ކަމަށް އޭރުގެ ޑިފެންސް މިނިސްޓަރު އަދި މިހާރު މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ސިފައިންނާމެދު އަދުލުވެރިކޮށް ކަންކަން ކުރަން ބާރު އަޅާ، އަސްކަރީ އަދުލުގެ ނިޒާމު އިއްޔެ އިފްތިތާހު ކުރުމާއި ގުޅުވައި ކުރެއްވި ޓުވީޓެއްގައި އެވެ.

އާދަމް ވިދާޅުވީ ޔާމީންގެ ވެރިކަމުގައި އަސްކަރީ އަދުލުގެ ނިޒާމު ހަރުދަނާކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އަސްކަރީ ކޯޓު އަޅަން ބޭނުންވާ ހުރިހާ ލިޔެކިޔުންތަކެއް ތައްޔާރު ކުރެވުނު ކަމަށެވެ.

އަދި އަސްކަރީ ކޯޓު އަޅަން ޝަރުއީ ދާއިރާއާ މަޝްވަރާ ކުރި ކަމަށެވެ. މީގެ އިތުރުން އެހެނިހެން ހުރިހާ ތައްޔާރީތަކެއްވެސް ވި ކަން ފާހަގަ ކުރައްވާ އާދަމް ވިދާޅުވީ އެކަން ނުވީ އެކެއް ފެބްރުއަރީގެ ސަބަބުން ކަމަށެވެ.

އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ވިދާޅުވީ އަސްކަރީ ޢަދުލުގެ ނިޒާމަކީ، ސިޔާސީ ނުފޫޒުން ދިވެހި ޤައުމީ ދިފާޢީ ބާރު އެއްކިބާކޮށް،ކަނޑައެޅި ލިޔެފައިވާ ވަކި އުޞޫލުތަކެއްގެ މަތިން ރާވައި، ސިފައިންނާމެދު ޢަދުލުވެރިކޮށް ކަންކަންކުރުމަށް ބާރުއަޅާ، ތަރުތީބުކުރުމަށް ރައީސް ޞާލިޙްގެ ސަރުކާރުން ކަނޑައެޅުއްވި ޢަޒުމް ޙާސިލްކުރުމަށް ކުރި މަސައްކަތުގެ ނަތީޖާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް