ކޯވިޑް ޖެހިގެން އިތުރު މަރެއް، ޖުމްލަ 244ށް

ކޯވިޑް ޖެހިގެން އިތުރު މީހަކު މަރުވެއްޖެ އެވެ. މަރުވެފައިވަނީ އުމުރުން 81 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ މަރުވީ މިއަދު ހެނދުނު 7:19 ގައި އެވެ. މަރުވި އިރު އެމީހާއަށް ފަރުވާ ދެމުން ދިޔައީ ހުޅުމާލ...

04 Nov 2021 | 05:05

ކޯވިޑް ޖެހިގެން އިތުރު މީހަކު މަރުވެއްޖެ އެވެ.

މަރުވެފައިވަނީ އުމުރުން 81 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ މަރުވީ މިއަދު ހެނދުނު 7:19 ގައި އެވެ.

މަރުވި އިރު އެމީހާއަށް ފަރުވާ ދެމުން ދިޔައީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެވެ.

މިއީ ރާއްޖެއިން ކޯވިޑް ޖެހިގެން މަރުވި 244 ވަނަ މިހާ އެވެ. މިދިޔަ މަހެއްހާ ދުވަހު އަނެއްކާވެސް ކޯވިޑްގެ މަރުތައް ވަނީ އިތުރުވެފަ އެވެ. އެގޮތުން މިދިޔަ މަހު ކޯވިޑަށް ފަރުވާދެމުންދިޔަ އަށް މީހުން މަރުވެފައިވެ އެވެ.

ރާއްޖޭގެ ކޯވިޑްގެ ހާލަތު އަނެއްކާވެސް ގޯސްވަމުންދާއިރު މިހާރު ކޯވިޑް ޖެހިގެން 1،981 މީހުންނަށް ދަނީ ފަރުވާ ދެމުންނެވެ. އަދި އޭގެ ތެރެއިން 33 މީހަކަށް ފަރުވަ ދެނީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެންނެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ އަދަދު އިއްޔެ ވަނީ 88،277 އަށް އަރާފަ އެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް