ކާތިކްގެ ބަދަލު "ދޯސްތާނާ 2"ށް އަކްޝޭ، ޖާންވީއާ ލަކްޝްވެސް ބަދަލު ކުރަނީ!

ކަރަން ޖޯހަރުގެ ކުރިޔަށް އޮތް ފިލްމު "ދޯސްތާނާ 2" އަށް ކާތިކް އާރްޔަންގެ ބަދަލު އަކްޝޭ ކުމާރު ހަމަޖައްސަން ނިންމައިފި އެވެ. ކާތިކް ފަރުވާ ކުޑަވެފަ، ކަރަންގެ ފިލްމުތަކަށް ވަގުތު ނުދޭ ކަމަށްބުނެ އޭނާގެ ...

04 Nov 2021 | 03:37

ކަރަން ޖޯހަރުގެ ކުރިޔަށް އޮތް ފިލްމު "ދޯސްތާނާ 2" އަށް ކާތިކް އާރްޔަންގެ ބަދަލު އަކްޝޭ ކުމާރު ހަމަޖައްސަން ނިންމައިފި އެވެ.

ކާތިކް ފަރުވާ ކުޑަވެފަ، ކަރަންގެ ފިލްމުތަކަށް ވަގުތު ނުދޭ ކަމަށްބުނެ އޭނާގެ ދަރުމާ ޕްރޮޑަކްޝަންގެ އެއްވެސް ފިލްމެއް ކާތިކަށް ނުދޭން ނިންމައި އެކަން އިއުލާނު ކުރީ މީގެ ދެތިން މަސް ކުރިންނެވެ. މި މައްސަލަ ޖެހުނީ އެހެން ފިލްމުތަކަށް ވަގުތުދޭން ފިލްމު "ދޯސްތާނާ 2" ގެ ޝޫޓިން ފަސް ކުރަން ކާތިކް އެދެން ފެށުމުންނެވެ.

މިހާރު ރިޕޯޓުތައް ބުނާގޮތުގައި އޭނާގެ ބަދަލު އަކްޝޭ ވަނީ އެ ރޯލަށް ހަމަޖައްސާފަ އެވެ. އެކަމަކު ކަރަން ވަނީ އެކަން ޔަގީންކޮށްދޭން ދެކޮޅު ހަދާފަ އެވެ.

ކަރަންއާ ނޫސްވެރިން ސުވާލު ކުރުމުން ބުނީ އެ ވާހަކަ ނުދެއްކޭނެ ކަމަށާއި އޭނާ އަނގަހުރީ ބަންދުކޮށްފަ ކަމަށެވެ. އެވާހަކަދައްކަން ވަރަށް އަވަހަށް އަނގަ ހުޅުވި އެ މައުލޫމާތު ހާމަ ކުރާނެ ކަމަށެވެ.

އަކްޝޭ ފިލްމަށް ނެގުމުގެ އިތުރުން އެ ފިލްމުގެ ލީޑް އަންހެން ތަރި ކަމަށްވާ ޖާންވީ ކަޕޫރުވެސް ބަދަލުވާ ކަމަށް އަޑު ފެތުރުނެވެ. އަދި އަލަށް ބޮލީވުޑަށް ތައާރަފުވާ ހިންދީ ޑްރާމާ ތަރި ލަކްޝް ލަލްވާނީވެސް ފިލްމުން ބޭރު ކުރާ ވާހަކަތަކެއް ފެތުރުނެވެ.

މިވާހަކަތައްވެސް ޔަގީންކޮށްދީފައެއް ނުވެ އެވެ. އެކަމަކު ކަރަން ބުނީ ލަކްޝް އާއި ޖާންވީ ފިލްމުން ބޭރު ކުރާ ވާހަކައަކީ ތެދަކަށް ނުވެދާނެ ކަމަށެވެ.

މިދިޔަ އަހަރު ޑިސެމްބަރުގައި ރިލީޒް ކުރަން ހަމަޖެހުނު އެ ފިލްމު ޝޫޓިން ނުފެށި ލަސްވީ ކޯވިޑާއި ގުޅިގެން އިންޑިއާ ލޮކްޑައުން ކުރުމުންނެވެ. އަދި ފަހުން ނުފެށުނީ ކާތިކްކަށް ވަގުތު ނުދެވިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް