އެއްބަސްވުމާއި ހިލާފުވާތީ ޕާކިސްތާނުން 100 މިލިއަން ޑޮލަރު އޭޑީބީއަށް ދައްކަން ޖެހިއްޖެ

ޕާކިސްތާނުން އޭޝިއާން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) އާއި އެކުވެފައިވާ އެއްބަސްވުންތަކާއި ހިލާފަށް އަމަލު ކުރާތީ 100 މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާކޮށްފި އެވެ އެ ފައިސާ މިހާރު ވަނީ ދައްކާފަ އެވެ....

04 Nov 2021 | 02:49

ޕާކިސްތާނުން އޭޝިއާން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) އާއި އެކުވެފައިވާ އެއްބަސްވުންތަކާއި ހިލާފަށް އަމަލު ކުރާތީ 100 މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާކޮށްފި އެވެ

އެ ފައިސާ މިހާރު ވަނީ ދައްކާފަ އެވެ. ރިޕޯޓުތައް ބުނާގޮތުގައި މި ފައިސާ އަކީ މިދިޔަ 15 އަހަރު ތެރޭގައި އޭޑީބީން ފަންޑު ހޯދައިގެން ޕާކިސްތާނުގައި ހިންގުމަށް ނިންމި ބޮޑެތި ޕްރޮޖެކްޓުތައް ނުފެށުމާއި ކަނޑައަޅާފައިވާ މުއްދަތުގައި ނުނިންމުމުން ކުރި ޖޫރިމަނާ އެކެެވެ.

އޭޑީބީން ޕާކިސްތާނަށް ފަންޑޫކޮށްފައިވާ ޕްރޮޖެކްޓުތަކުގެ އިންްރެސްު ރޭޓަކީ 0.15 ޕަސެންޓެވެ. އެކަމަކުވެސް ޕްރޮޖެކްޓު ތަކުން އެދެވޭ ނަތީޖާ ނުކުމެފައިނުވާއިރު މަސައްކަތް ނުނިމޭ ބިޔަ ޕްރޮޖެކްޓެއް ހިމެނެ އެވެ.

އޭގެ ތެރޭގައި އޭޑީބީން 900 މިލިއަން ޑޮލަރު ހޯދައިގެން ފެށި ޖަމްޝޯރޯ ޕަވާ ޕްރޮޖެކްޓު ހިމެނެ އެވެ. ކޯލް ފަޔާ ޓެކްނޮލޮޖީ ބޭނުން ކޮށްގެން 660 މެގަވޯޓުގެ ކަރަންޓު އުފެއްދުމުގެ އެ މަޝްރޫއު 2014 ވަނަ ވަނަ އަހަރު ފަށައި 2019 ވަނަ އަހަރު ނިންމަން ކަނޑައަޅާފައި އޮތް ނަމަވެސް އެ މުއްދަތުގައި މަޝްރޫއު ނިމިފައެއް ނުވެ އެވެ.

ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމުގައި ސްމާޓް މީޓަރު ބޭނުން ކުރަން ފެށުމަށް އޭޑީބީން އެ ގައުމަށް ފަންޑު ކުރި ނަމަވެސް އެ ޕްރޮޖެކްޓު އަދިވެސް ނުފެށެވެ. އެ ޕްރޮޖެކްޓު ކުރިޔަށް ގެންދަން ކަނޑައަޅާފައި އޮތީ 2015 އިން 2016 އަށެވެ.

އޭޑީބީން އެ ގައުމު ޖޫރިމަނާ ކުރުމުގައި ބެލީ 2006 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުތަކުގަ އެއްބަސްވުންތަކާއި ހިލާފުވެފައިވާ މިންވަރަށް ކަމަށް އެ ބޭންކުން ބުނެފައިވެ އެވެ.

މި ޕްރޮޖެކްޓުތަކަކީ އެ މުއްދަތުގައި ޕާކިސްތާނުގައި ވެރިކަން ކޮށްފައިވާ އެކި ސަރުކާރުތަކަށް ދޫކޮށްފައިވާ ލޯނުތަކެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް