ރައީސް ޔާމީނަށް މާދަމާ 1 ޖަހާ އިރު ހުކުމް ކުރަން ތާވަލުކޮށްފިއެވެ.
އެސްއޯއެފް ޕްރައިވެޓް ލިމިޓެޑު ކިޔާ ކުންފުންޏަކުން ޔާމީންގެ އެކައުންޓަށް އެއްމިލިއަން ޑޮލަރު ޖަމާކޮށްފައިވާ މައްސަލައިގާ އުފުލާފައިވާ މަނީ ލޯންޑްރިންގެ މައްސަލައިގެ ހުކުމް އިއްވުން ކްރިމިނަލް ކޯޓުން ތާވަލުކޮށްފައިވަނީ މާދަމާ މެމްދުރު 1 ޖަހާއިރަށެވެ.
ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ، ފަސް އަހަރާއި 15 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.
މި ދައުވާގެ ޝަރީއަތުގެ އަޑުއެހުންތައް މިދިޔަ އޮކްޓޯބަރ މަހުގެ ނުވަ ވަނަ ދުވަހު ވަނީ ނިންމާލާފައެވެ.
އެންމެފަހުން ބޭއްވި އަޑުއެހުމުގައި ދައުލަތުންނާއި ޔާމީންގެ ފަރާތްޕުޅުން ވަނީ ޚުލާސާ ބަޔާން އިއްވާފއިވާ އިރ، މި މައްސަލައިގެ ޝަރީއަތުގައި ދައުލަތުން ވަނީ ޔާމީންއާ ދެކޮޅަށް ހެކިންގެ ގޮތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އާއި ޔާމީންގެ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވަނީ ހުށަހަޅާފައެވެ.
މި މައްސަލައިގެ ހުކުމް މާދަމާ އިއްވާއިރު، ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި ރައީސް ނަޝީދުގެ ކަރުގައި ޗޭނު ޖަހާ ދަމާފައި ގެންދާތަން ފެންނަ ކުރެހުމަކުން ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވެފައިވާތީ މި މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމްގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖޭއެސްސީ އިން މިއަދު ވަނީ ނިންމާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް