ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް މަޙާޒު އައްޔަންކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ގދ.މަޑަވެލި، މޭނާ އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރު މިއަދު ޢައްޔަން ކުރައްވައިފިއެވެ. އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރު، ...

04 Nov 2019 | 12:32

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ގދ.މަޑަވެލި، މޭނާ އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރު މިއަދު ޢައްޔަން ކުރައްވައިފިއެވެ.

އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރު، ސްޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 148 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިންނެވެ.

ސުޕްރީމު ކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަން ކުރެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ ހުވައި، އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރު، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރެއްވިއެވެ. މަޙާޒު ޢަލީ ޒާހިރުއަށް ހުވައިލައިދެއްވީ، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް ޑޮކްޓަރ އަޙްމަދު ޢަބްދުﷲދީދީއެވެ.

އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރަށް މަޤާމުގެ ލިޔުން ހަވާލުކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް