އެމްޑީޕީއަށް ވެރިކަން ލިބުމުގެ މާނައަކީ ދިވެހިން ފަގީރުކޮށްލުމެއް ނޫންކަމަށް ޖާބިރު ވިދާޅުވެއްޖެ

އެމްޑީޕީއަށް ވެރިކަން ލިބުމުގެ މާނައަކީ ދިވެހިން ފަގީރުކޮށްލުން ނޫން ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ. ރަށްރަށުން ރުއްގަސް ނަގައިގެން ގެންދާތީ މަޖިލީހަށް ހުށަހެޅި ގަރާރަ...

04 Nov 2019 | 09:37

އެމްޑީޕީއަށް ވެރިކަން ލިބުމުގެ މާނައަކީ ދިވެހިން ފަގީރުކޮށްލުން ނޫން ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ރަށްރަށުން ރުއްގަސް ނަގައިގެން ގެންދާތީ މަޖިލީހަށް ހުށަހެޅި ގަރާރަށް ބަހުސް ކުރައްވަމުން ޖާބިރު ވިދާޅުވީ އެމްޑީޕީއަށް ވެރިކަން ލިބުމުގެ މާނައަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އޮތް ސަލާން ޖެހުމުގެ އުސޫލު ގާއިމުކުރުމެއްވެސް ނޫން ކަމަށެވެ.

ދައުލަތުން އަންނަ އަހަރަށް ލަފާކޮށް މިއަދު މަޖިލީހަށް ހުށަހެޅި 37.5 ބިލިއަން ރުފިޔާގެ ބަޖެޓުގައި ކާށިދޫ ދާއިރާއަށް ތަރައްގީގެ އެއްވެސް ކަމެއް ކުރަން ހިމަނާފައި ނުވާ ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.

މީގެ އިތުރުން ޖާބިރު މިހެން ވިދާޅުވީ ހުރިހާ ކަމެއް ރާއްޖޭގައި މިހާރު ދަނީ ގޯހުން ގޯހަށް ކަމަށާއި ރަނގަޅަށް މަސްވެރިކަމެއް އަދި ވިޔަފާރިއެއްވެސް ކުރެވެން އޮތީއެއް ނޫން ކަމަށެވެ. އަދި ބަޖެޓު އޮތީ ކޯލިޝަން ތެރޭ ތިން ބަޔަކަށް ބަހާލާފައި ކަމަށެވެ.

އެއްވެސް ތަޖުރިބާއެއް ނެތި މަގުމަތީގައި ހަޅޭލަވަން ތިބެފައި މަޖިލީހަށް ވަތް ބައެއް އެމްޑީޕީން މެމްބަރުން ރާއްޖޭގެ ވިޔަފާރިވެރިންވެސް ކުށްވެރިންގެ ގޮތަށް ބަދަލުކުރަމުންދާ ކަމަށްވެސް ޖާބިރު ވަނީ ވިދާޅުވެފައެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ލިބުނު ކަމަށް ތުހުމަތު ކުރެވޭއިރު އެ މައްސަލަ މަޖިލީހަށް ހުށަހެޅުމުންވެސް ނުބެލިގެން އުޅޭ ސަބަބާ މެދުވެސް ޖާބިރު ވަނީ ސުވާލު އުފައްދަވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް