އާންމު ސިއްހަތުގެ މަހާސިންތާ މިއަދު ފަށައިފި

އާންމު ސިއްހަތުގެ މަހާސިންތާ މިއަދު ފަށައިފިއެވެ. "ނެޝަނަލް ކޮންފަރެންސް އޮން ރީވިޓަލައިޒިންގ ޕަބްލިކް ހެލްތު: ވާރކިންގ ޓުގެދަރ ފޯރ އަ ހެލްދިއަރ ނޭޝަން" ގެ ނަމުގައި 3 ދުވަހުގެ މުއްދަތަށް ޕެރަޑައިސް އަ...

04 Nov 2019 | 08:12

އާންމު ސިއްހަތުގެ މަހާސިންތާ މިއަދު ފަށައިފިއެވެ.

"ނެޝަނަލް ކޮންފަރެންސް އޮން ރީވިޓަލައިޒިންގ ޕަބްލިކް ހެލްތު: ވާރކިންގ ޓުގެދަރ ފޯރ އަ ހެލްދިއަރ ނޭޝަން" ގެ ނަމުގައި 3 ދުވަހުގެ މުއްދަތަށް ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ކުރިއަށްގެންދާ މި މަހާސިންތާ އިފްތިތާހްކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

މިއީ ޢާންމު ޞިއްޙަތު ކުރިއެރުވުމުގައި ކުރިމަތިވެފައިވާ މައިގަނޑު މައްސަލަތައް ކަމަށްވާ ރާއްޖޭގެ އާބާދީ އެކި ޢުމުރުފުރާތަކަށް އަންނަ ބަދަލުތަކާއިއެކު އާބާދީގެ ޞިއްޙީ މައްސަލަތަކާއި ރާއްޖޭގެ ރައްޔިތުން ދިރިއުޅޭ މާޙައުލާއި ރައްޔިތުންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި ކެއިންބުއިމުގެ އާދަތަކަށް އައި ދެނެގަނެ އެކަންކަމާމެދު މަޝްވަރާކުރުމަށް ބާއްވާ މަހާސިންތާއެކެވެ.

ހެލްތު މިނިސްޓްރީން ބުނީ އެހެން ދާއިރާތަކުގެ މަސައްކަތްތަކާއި ޕްލޭންތަކާއި ޕްރޮޖެކްޓްތަކުގައި ޞިއްޙަތުގެ ކަންތައްތަކަށް ބެލުމަށާއި އެފަރާތްތަކުގެ ބައިވެރިވުން އޮތުމާ ގުޅޭގޮތުން މަދަނީ ޖަމާޢަތްތަކާއި އޮންނަ ގުޅުން ހަރުދަނާ ކުރުމާބެހޭގޮތުންވެސް މި މަހާސިންތާގައި މަޝްވަރާ ކުރާނެ ކަމަށެވެ.

މީގެ އިތުރުން ޢާންމު ޞިއްޙަތު ހިމެނޭގޮތަށް ޞިއްޙީ ޚިދުމަތްދިނުމުގެ ކަންކަން ބައްޓަން ކުރުމާއި އާންމު ޞިއްޙަތަށް ކުރެވޭ މަސައްކަތްތައް ހަރުދަނާ ކުރުމަށް ކަމަށްވެސް މަޝްވަރާ ކުރާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މި މަހާސިންތާގައި ސަރުކާރުގެ ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ސްޓްރެޓިޖިކް އެކްޝަން ޕްލޭން 2019 – 2023 (ސެޕް) ގައިވާ ސިއްޙީ ދާއިރާގެ މައިގަޑު ލަނޑުދަނޑިތައް ހާސިލް ކުރުމަށް މަގުޗާޓެއް އެކުލަވާލަވާލާ، މި މަހާސިންތާގެ ސަބަބުން ސިއްޙީ ދާއިރާގެ ނަތީޖާތައް ހާސިލް ކުރުމަށް ތަފާތު ދާއިރާތައް ގުޅިގެން އެކުގައި މަސައްކަތްކުރުމުގެ ފުރުސަތު ތަނަވަސްކުރުމަށް ޕަބްލިކް ހެލްތް ޗާރޓަރއެއްގައިވެސ ސޮއިކުރެވޭނެ ކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެއެވެ.

މި މަހާސިންތާގައި ސަރުކާރުގެ މިނިސްޓްރީތަކާއި ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި ޔުނިވަރސިޓީ އާއި މަދަނީ ޖަމްޢިއްޔާތަކާއި އަދި ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ އަމިއްލަ ފަރާތްތަށް ބައިވެރިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް