ސ. މަރަދޫ ބަނދަރުގެ ބްރޭކްވޯޓަރ ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި ކަމަށް އެމްޓީސީސީން ބުނެފިއެވެ.
މަރަދޫ ބަނދަރުގެ އަމަލީ މަސައްކަތް އިއްޔެ ފަށާފައިވާއިރު، މި މަސައްކަތް ކުރިއަށްގެންދިއުމަށް ބޭނުންވާ އީއައިއޭ ހުއްދަ ލިބިފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހު ކަމަށް އެމްޓީސީސީން ބުންޏެވެ.
ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިއަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުއެވެ.
މި މަޝްރޫގެ ދަށުން 18873 ކިއުބިކް މީޓަރުގެ ބިން ހިއްކުމާއި، 276 މީޓަރުގެ އެއްގަމު ތޮށި ލިމުގެ މަސައްކަތް ކުރެވޭނެ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ. މީގެއިތުރުން 340 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫގެ މަސައްކަތް ނިންމުނަށް އެކުންފުންޏާއި ޕްލޭނިންގ މިނިސްޓްރީން ހަވާލުކޮށްފައި ވަނީ 165 ދުވަހަހުގެ ތެރޭގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް