މާލެއާއި ވިލިމާލެއާއި ގުޅިފަޅާއި ތިލަފުށި ގުޅާލުމަށް ހަދާ ބްރިޖުގެ މަސައްކަތް ފެށުމަށް އަންނައަހަރުގެ 411 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ކަނޑައަޅައިފިއެވެ.
އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާ ބަޖެޓު މަޖިލީހަށް ހުށަހަޅަައި ދެއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ އަންނަ އަހަރަށް ސަރުކާރުން ކަނޑައަޅާ ބަޖެޓަކީ37.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށެވެ. އެ ބަޖެޓުގެ ތެރެއިން ގްރޭޓަރ މާލޭ ސަރަޙައްދު އެއްގަމު ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލުމަކީ ސަރުކާރުގެ މުހިއްމު އަމާޒެއްކަމަށްވާއިރު، އެކަމަށް ބޭނުންވާ ފައިސާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"މާލެ އާއި ވިލިނގިއްޔާއި ގުޅީފަޅު އަދި ތިލަފުށި ގުޅާލާނެ ބުރިޖެއްގެ މަސައްކަތް ފެށުމަށް 2020 ވަނަ އަހަރުގެ ބަޖެޓުގައި 411 މިލިއަން ރުފިޔާ ހިމެނިފައިވާނެ. މިހާރު މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ ދިރާސާތަކުގެ މަސައްކަތް ދަނީ ކުރެވެމުން" ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރެވެ.
ސަރުކާރުން ވަނީ މާލެ- ވިލިމާލެ އަދި ގުޅީފަޅު ބްރިޖަކުން ގުޅާލައި ވިޔަފާރި ބަނދަރުގެ މަޝްރޫއު ފަށަން ބޭނުންވާ ފައިސާ ހޯދަން މީގެކުރިން ބޭއްވި ޕާޓްނާޝިޕް ފޯރަމްގައި ވަނީ ހުށަހަޅާފައެވެ. ސަރުކާރުން އަންދާޒާ ކޮށްފައި ވަނީ މިކަމަށް 488 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 7.5 ބިލިއަން ރުފިޔާ) ހަރަދު ވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް