ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރަން މިފަހަރު އިޓަލީގެ ނޫސްވެރިން

ރާއްޖޭގެ ފަތުރުވެރިކަން ތަޖުރިބާކޮށް އިޝްރިހާކުރުމަށް އިޓަލީގެ ނޫސްވެރިންގެ ޓީމެއް ރާއްޖެ އަތުވެއްޖެ އެވެ. މިއީ އެމްއެމްޕީއާރުސީ އިން އެކިއެކި ގައުމުތަކުގެ ނޫސްވެރިންނާއި މަޝްހޫރު ފަންނާނުން ރާއްޖެ ގެ...

04 Nov 2019 | 05:11

ރާއްޖޭގެ ފަތުރުވެރިކަން ތަޖުރިބާކޮށް އިޝްރިހާކުރުމަށް އިޓަލީގެ ނޫސްވެރިންގެ ޓީމެއް ރާއްޖެ އަތުވެއްޖެ އެވެ.

މިއީ އެމްއެމްޕީއާރުސީ އިން އެކިއެކި ގައުމުތަކުގެ ނޫސްވެރިންނާއި މަޝްހޫރު ފަންނާނުން ރާއްޖެ ގެނެސް ސިލްސިލާކޮށް ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރަން ކުރަމުން އަންނަ މަސައްކަތެކެވެ. މިއީ މިފަދަގޮތަކަށް އެހެން ގައުމެއްގެ ޓިމެއް ރާއްޖެ އިޝްތިހާރުކުރަން އެމްއެމްޕީއާރުސީން ގެނަ 16 ވަނަ ފަހަރެވެ.

އިޓަލީގެ ނޫސްވެރިން ރާއްޖޭގެ 10 ދުވަސް ހޭދަކުން ހަމަޖެހިފައިވާއިރު، މި ޓީމު ތިބުމަށް ހަމަޖެހިފައިވާ ތަންތަނުގެ ތެރޭގައި ރަފަލްސް މޯލްޑިވްސް މެރަދޫ، ސަން ސިޔާމް އިރުފުށި، ބ. ފެހެންދޫ ވައިޓް ލެގޫން ގެސްޓް ހައުސް ހިމެނެއެވެ.

އިޓަލީ ނޫސްވެރިންގެ މި ޚާއްސަ ދަތުރުގައި، ރާއްޖޭގެ ރިސޯޓުތަކުން ފަތުރުވެރިކަން ކުރިއަރުވަން ކުރާ މަސައްކަތްތަކާއި، ދިވެހި ސަޤާފަތާއި އާދަކާދައިގެ އިތުރުން، ރާއްޖޭގެ ކަނޑުއަޑީގެ ރީތިކަން ތަޖުރިބާ ކުރާނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. އަދި މި ތަޖުރިބާތައް އެމީހުން މަސައްކަތްކުރާ މީޑިއާތައް މެދުވެރިކޮށް ހިއްސާކުރާނެ އެވެ.

އިޓަލީ ނޫސްވެރިންގެ މިޓީމުގައި ޖީ ކިއު އިޓާލިއާ، ވެނިޓީ ފެއާ، ޓޫރިސްޓާ، ވިއާގީ ކޮރިއޭރޭ އަދި އިލް ޖޯނާލޭ ފަދަ މަޖައްލާތަކުގެ ނޫސްވެރިން ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް