އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި ހިލޭ ކަކުލުހުޅު ބަދަލުކުރި 100 ވަނަ ބަލިމީހާ ކައިރިއަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ރައީސް ފައިސަލް ނަސީމް ޒިޔާރަތް ކުރައްވައިފިއެވެ.
ނައިބު ރައީސް އިއްޔެ އައިޖީއެމްއެޗަށް ކުރެއްވި މި ޒިޔާރަތުގައި އައިޖީއެމްއެޗްގައި މި އޮޕްރޭޝަންކުރި ޑޮކްޓަރުންނާ ބައްދަލުކުރައްވައި މި ސަރޖަރީގެ ކާމިޔާބީ ފާހަގަކުރައްވާފައިވެއެވެ. އަދި ސަރޖަރީ ހެދި ބަލިމީހާގެ ހާލު އެމަނިކުފާނު ވަނީ ބައްލަވާލައްވާފައެވެ.
ޞިއްޙީ ޚިދުމަތް އަވަސްކުރުމުގެ ގޮތުން ސަރުކާރުން އިސްނަގައިގެން ކުރިޔަށްގެންދާ މަޝްރޫޢުގެ ދަށުން އާސަންދައިގެ ތެރެއިން ހިލޭ މި ސަރޖަރީ ހެދުމުގެ ފުރުޞަތު އައިޖީއެމްއެޗްގެ އިތުރުން ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލުގެ އިތުރުން މެޑިކާ އިން ވެސް ލިބޭގޮތަށް ސަރުކާރުން މިހާރު ވަނީ ހަމަޖައްސަވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް