ދިޕިކާ ބަނޑުބޮޑީތަ؟

ބޮލީވުޑްގެ ބަތަލާ ދިޕިކާ ޕަދުކޯންގެ އިސްޓަގްރާމް އެކައުންޓްގައި ހިއްސާކުރި ފޮޓޯތަކަކާއި ގުޅިގެން އޭނާ ބަނޑުބޮޑުކަމާއި މެދު ގިނަ ފޭނުން ސުވާލު އުފައްދައިފި އެވެ. ތުއްތުކުއްޖެއްގެ ތިން ފޮޓޯ އިއްޔެ ދިޕިކ...

04 Nov 2019 | 04:07

ބޮލީވުޑްގެ ބަތަލާ ދިޕިކާ ޕަދުކޯންގެ އިސްޓަގްރާމް އެކައުންޓްގައި ހިއްސާކުރި ފޮޓޯތަކަކާއި ގުޅިގެން އޭނާ ބަނޑުބޮޑުކަމާއި މެދު ގިނަ ފޭނުން ސުވާލު އުފައްދައިފި އެވެ.

ތުއްތުކުއްޖެއްގެ ތިން ފޮޓޯ އިއްޔެ ދިޕިކާ ހިއްސާކުރިއިރު އެއީ ކާކުގެ ފޮޓޯތަކެއްކަން އޭނާ ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އިންޑީއާގެ ގިނަ ނޫސްތަކުން ހާމަކުރާގޮތުގައި އެއީ އޭނާގެ ކުޑައިރުގެ ފޮޓޯތަކެކެވެ. ކޮމެންޓްތަކުގައި އެއީ ދިޕިކާ ތޯ އެތައް ބަޔަކު ވަނީ ސުވާލުކޮށްފައެވެ. ނަމަވެސް ދިޕިކާ އެއްވެސް ސުވާލަކަށް ޖަވާބު ދީފައި ނުވާކަމަށް ފާހަގަކުރެވެއެވެ.

އިންޑިއާގެ ބައެއް ނޫސްތަކުން ވެސް ވަނީ އެކަމާ ސުވާލު އުފައްދާފައެވެ. މިއީ ދިޕިކާ ބަނޑުބޮޑުވުމުން ދިން ހިންޓެއް ކަމާއިމެދު ވެސް ވަނީ ސުވާލު އުފައްދާފައެވެ.

ނަމަވެސް މީގެ ދުވަސްކޮޅެއް ކުރިން ދިޕިކާ ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ ދަރިއަކު ހޯދުމަށްވުރެ މިވަގުތު އެންމެ މުހިންމީ ފިލްމީ ދާއިރާ ކަމުގައެވެ. ދަރިއަކު ހޯދަން އަދި ނުވިސްނާ ކަމަށްވެސް ދިޕިކާ ވަނީ ބުނެފައެވެ.

ދިޕިކާ ބަނޑުބޮޑު ކަމަށް މީގެ ކުރިންވެސް ވަނީ ޚަބަރުތައް ފެތުރިފައެވެ. ނަމަވެސް އެފަހަރު އޭނާ ވަނީ އެވާހަކަތައް ދޮގުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް