ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެމްބަރު މުޙައްމަދު ޝިފާޢު އާއި އަދި އެދާއިރާގެ ކައުންސިލްގެ މެމްބަރުންނާއެކު މިއަދު މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވިފައިވަނީ އިހަވަންދޫގައި ހުރި އަންހެނުންގެ މިސްކިތްތެއްގެ ކަންކަމާއި ގުޅޭގޮތުންނާއި، އެ ރަށުގައި ކީރިތި ޤުރްއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް ހެދުމާއި ގުޅޭގޮތުންނެވެ.
މީގެ އިތުރުން އިހަވަންދޫގައި ހުކުރު ކުރައްވާ އިމާމުންގެ ފެންވަރު ރަނގަޅު ކުރުމަށްޓަކާ އިމާމުންނަށް އަމާޒް ކޮށްގެން ތަމްރީން ޕްރޮގްރާމްތަކެއް އޮންލައިންކޮށް ކުރިއަށް ގެންދިއުމާއި ބެހޭގޮތުންވެސް މަޝްވަރާ ކުރައްވާފައިވެއެވެ.
ކައުންސިލް މެމްބަރުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންފައިވަނީ އޮންލައިކޮށެވެ.
މިއީ ވާރޗްއަލްކޮށް ކައުންސިލްއަކާ އެކީ ދާއިރާއެއްގެ މަޖިލިސް މެމްބަރު ބައިވެރިވެވަޑައިގެން މިނިސްޓްރީގައި ބޭއްވުނު ފުރަތަމަ ބައްދަލުވުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް