މިދިޔަ މަހުގެ ނިޔަލަށް ދައުލަތުގެ މުއައްސަސާތަކުން 199 ކަމަކާ ގުޅޭ ގޮތުން ލަފާއަށް އެދިފައިވާ ކަމަށް އެޓަރނީ ޖެނެރަލް ގެ އޮފީހުން ބުނެފި އެވެ.
އެ އޮފީހުން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި މުއްދަތުގެ ތެރޭގައި 186 ކަމަކާ ގުޅޭ ގޮތުން ވަނީ ޤާނޫނީ ލަފާދީފަ އެވެ.
މީގެ ތެރޭގައި ބިލު ތަޞްދީގު ކުރުމާ ގުޅޭ ގޮތުން 18 ލަފަޔަކާއި، އެއްބަސްވުންތަކާ ގުޅޭ ގޮތުން ދެވުނު 48 ލަފަޔަކާއި، ގަވާއިދުތަކާ ގުޅޭ ގޮތުން ދެވުނު 28 ލަފާ އަދި އުޞޫލުތަކާ ގުޅޭ ގޮތުން ހަތަރު ލަފާ ދީފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.
މީގެ އިތުރުން އެހެނިހެން ކަންކަމާ ގުޅޭ ގޮތުން 93 ލަފާ މި މުއްދަތުގެ ތެރޭގައި ދީފައިވާ ކަމަށްވެސް އޭޖީ އޮފީހުގެ ތަފާސް ހިސާތުތަކުން ދައްކަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް