ހަ މަސް ދުވަހުގެ މެދުކެނޑުމަކަށްފަހު އުމްރާގެ އަޅުކަން މިއަދު ފަށާނެއެވެ. އުމްރާގެ ފުރަތަމަ ބެޗް ސައޫދީ ގަޑިން މިއަދު ހެނދުނު 06:00ގައި އުމްރާގެ އަޅުކަން ފަށާނެ ކަމަށް ސައޫދީ ނޫސްތަކުގައި ރިޕޯޓްކޮށްފައިވެއެވެ.
ސައޫދީ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި އުމްރާގެ އަޅުކަން އަލުން ފަށަނީ ހާއްސަ އިންތިޒާމުތަކަކާއި އެކުގައެވެ. އެގޮތުން ސައޫދީގެ ހަ ޕޮއިންޓަކުން އުމްރާގެ އަޅުކަމަށް މީހުން ދަތުރުފަށާއިރު އެ ދަތުރުތައް ކުރާނީ ސިއްހީ ހިދުމަތްތެރީންނާއި އެކުގައެވެ. ހަރަމްފުޅުގައި ތާމަލް ކެމެރާ ވަނީ ހަރުކޮށްފައެވެ. އަދި ސާފުކޮށް، ޑިސް އިންފެކްޓްކޮށް ބެލެހެއްޓުމަށް ހާހަކަށްވުރެ ގިނަ ހިދުމަތްތެރިން ހަރަކާތްތެރިވާނެއެވެ.
އުމްރާގެ އަޅުކަން އަލުން ފަށަނީ ފޭސް ތަކަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ދެ ހަފްތާގައި ދުވާލަކު ފުރުސަތު ދެނީ ހަ ހާސް އުމްރާވެރިންނަށެވެ. އެއަށްފަހު ދެ ހަފްތާ ފަހުން ދުވާލަކު އެ އަދަދު 15 ހާހާއި 40 ހާހާއި ދެމެދުގެ އަދަދަކަށް އިތުރުކުރާނެއެވެ. އަދި ތިންވަނަ މަރުހަލާގައި 20 ހާހާއި 60 ހާހާއި ދެމެދުގެ އަދަދަކަށް އުމްރާވެރިންނަށް ދުވާލަކު ހިދުމަތް ދޭނެއެވެ. ތިންވަނަ މަރުހަލާގައި ބޯޑަރުވެސް ހުޅުވާލާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް