ގޯއާ މެރިޓައިމް ކޮންކްލޭވްގައި ޗީފް އޮފް ޑިފެންސް ފޯސް ތަގުރީރު ކުރައްވަނީ

އިންޑިއާގެ ގޯއާގައި ކުރިއަށްދާ ދެވަނަ ގޯއާ މެރިޓައިމް ކޮންކްލޭވްގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދު ﷲ ޝަމާލް، މާދަމާ ތަޤުރީރުކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ. މޯލްޑިވްސް ނެޝަނަލް ޑިފެން...

04 Oct 2019 | 14:17

އިންޑިއާގެ ގޯއާގައި ކުރިއަށްދާ ދެވަނަ ގޯއާ މެރިޓައިމް ކޮންކްލޭވްގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދު ﷲ ޝަމާލް، މާދަމާ ތަޤުރީރުކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފައިވާގޮތުގައި ގޯއާ މެރިޓައިމް ކޮންކްލޭވްގެ މިފަހަރުގެ ތީމަކީ "ކޮމަން މެރިޓައިމް ޕްރިއޯރިޓީސް އިން އިންޑިއަން އޯޝަން ރީޖަން އެންޑް ނީޑް ފޯރ ރީޖަނަލް މެރިޓައިމް ސެކިޔުރިޓީ" އެވެ.

މިމަހުގެ ތިންވަނަ ދުވަހުން ފަސް ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްދާ މި ކޮންކްލޭވްގައި އިންޑިއަން އޯޝަން ރީޖަންއަށް ނިސްބަތްވާ ވަރަށް ގިނަ ޤައުމުތަކުގެ ނޭވީ ޗީފުންގެ އިތުރުން މެރިޓައިމް ސެކިއުރިޓީ އަދި މެރިޓައިމް ސްޓްރެޓެޖީގެ އެކްސްޕާރޓުންނާއި ސްކޮލާރސްއިން ބައިވެރިވެވަޑައިގަންނަވައެވެ. މިގޮތުން، މި ކޮންކްލޭވްގައި އިންޑޮނޭޝިއާ، މެލޭޝިއާ، ސިންގަޕޯރ، ތައިލޭންޑުގެ އިތުރުން ބަންގުލަދޭޝް، މިޔަންމާ، ސްރީލަންކާ އަދި ދިވެހިރާއްޖެ، ސީޝެލްސް، މޮރިސަސްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް