އެމްޑީއެން އުވާލުމަށް ރައީސަށް ގޮވާލާ އޮންލައިން ޕެޓިޝަނެއް ކުރިއަށް ގެންދަނީ

އިސްލާމް ދީނަށް ފުރައްސާރަކޮށް، މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ނެރުނު ރިޕޯޓާއި ގުޅިގެން، އެމްޑީއެން އުވާލުމަށް ރައީސުލްޖުމްހޫރިއްޔާއަށް ގޮވާލައި އޮންލައިން ޕެޓިޝަނެއްގައި ސޮއި ކުރަމުން އެ...

04 Oct 2019 | 10:59

އިސްލާމް ދީނަށް ފުރައްސާރަކޮށް، މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ނެރުނު ރިޕޯޓާއި ގުޅިގެން، އެމްޑީއެން އުވާލުމަށް ރައީސުލްޖުމްހޫރިއްޔާއަށް ގޮވާލައި އޮންލައިން ޕެޓިޝަނެއްގައި ސޮއި ކުރަމުން އެބަ ދެއެވެ.

[contentcards url="https://www.change.org/p/dhivehi-rayyithun-banmdn" target="_blank"]

ޗޭންޖް ޑޮޓް އޯއާރްޖީގައި ހަދާފައިވާ މި ޕެޓިޝަންގައި ބުނެފައިވަނީ ޤުރުއާނަށް ފާޑުކިޔާ، ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ފުރައްސާރަކޮށް އިސްލާމް ދީނަށް އިހާނެތިކޮށް ބަސް ބުނާ ލާދީނީ އެމްޑީއެން އުވާލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގޮވާލާ ކަމަށެވެ. މި ޕެޓިޝަންގައި މިހާތަނަށް ގާތްގަނޑަކަށް ހާހަކަށް ވުރެ ގިނަ މީހުން ސޮއި ކޮށްފައިވެއެވެ.

"އެމްޑީއެން އިން ވަނީ ޤާނޫނު އަސާސީ އާއި، ދީނީ އެއްބައިވަންތަކަށް ހިމާޔަތް ކުރުމާބެހޭ ޤާނޫނާ، ޤާނޫނުލް އުގޫބާތާއި ޖަމިއްޔާތަކާ ބެހޭ ޤާނޫނާ ޚިލާފުވެފައި" އެ ޕެޓިޝަންގައި ބުނެފައިވެއެވެ.

ޕެޓިޝަންގައި އިތުރަށް ބުނެފައިވަނީ އެ ޖަމިއްޔާ އުވާ ނުލެވޭނަމަ އެއީ ޣައިރު ގާނޫނީ އެހެން ޖަމިއްޔާތަކަށް ދެވޭ ފުރުސަތެއް ކަމަށެވެ.

“ޕްލިމިނަރީ އެސެސްމެންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް” މި ނަމުގައި އެމްޑީއެންއިން ނެރުނު ރިޕޯޓްގައި އިސްލާމް ދީނާއި ދެކޮޅު ވާހަކަތައް ލިޔެފައިވެއެވެ.

އެގޮތުން ދިވެހިރާއްޖޭގެ ތައުލީމީ ނިޒާމުގައި ކިޔަވައިދޭ ފޮތްތަކުގައި ހަރުކަށި ވިސްނުމަށް ބާރުއަޅާ ކަމަށާއި ކީރިތި ރަސޫލާ އިސްރާ އާއި މިއުރާޖްގެ ދަތުރުފުޅަކީ ސައިންޓިފިކް ގޮތުން ގަބޫލު ކުރެވޭނެ ވާހަކައެއް ނޫން ކަމުގައި ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް