އިސްލާމް ދީނަށް ފުރައްސާރަކޮށް، މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓްގެ މައްސަލަ ހޫނުވެފައިވާއިރު އިސްލާމް ދީނުގެ ދިފާއުގައި ދީނީ އިލްމުވެރިންގެ ބޮޑު ބައްދަލުވުމެއް މިރޭ ބާއްވަން ތައްޔާރުވަމުން އަންނަ ކަމުގައި ދުވަހަށް މައުލޫމާތު ލިބިއްޖެއެވެ.
އެހެންނަމަވެސް މި ބައްދަލުން ބާއްވާނެ ތަނަކާއި ވަގުތު އަދި ހާމަކޮށްފައެއް ނުވެއެވެ. އަދި ވަރަށް އަވަހަށް އެ މައުލޫމާތު ހާމަކުރާނެ ކަމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން ބުނެއެވެ.
އެއްވުމެއް ބާއްވަން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވޭތޯ ފުލުހުން ކުރެން ނޫސްވެރިއަކު އެހުމުން ފުލުހުން ބުނެފައިވަނީ މިއަދު މާލޭ ސިޓީގައި އެއްވުމެއް ބާއްވަން އުޅޭކަމަށް، އެފަދަ އެއްވުމެއް ބާއްވަން އުޅޭ ފަރާތަކުން މޯލްޑިވްސް ޕޮލިސް ސާވިސް އަށް އަންގާފައިނުވާކަމަށެވެ.
"އެއްވެސް ފަރާތަކުން އެއްވުމެއް ބާއްވާނަމަ 'ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމާބެހޭ ގާނޫނު'އާއި އެއްގޮތަށް ކުރަން ޖެހޭ ކަންކަން ކުރަން މި ސާވިސް އިން އިލްތިމާސް ކުރަން" ފުލުހުން ބުނެފައިވެއެވެ.
"ޕްލިމިނަރީ އެސެސްމެންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" މި ނަމުގައި އެމްޑީއެންއިން ނެރުނު ރިޕޯޓްގައި އިސްލާމް ދީނާއި ދެކޮޅު ވާހަކަތައް ލިޔެފައިވެއެވެ.
އެގޮތުން ދިވެހިރާއްޖޭގެ ތައުލީމީ ނިޒާމުގައި ކިޔަވައިދޭ ފޮތްތަކުގައި ހަރުކަށި ވިސްނުމަށް ބާރުއަޅާ ކަމަށާއި ކީރިތި ރަސޫލާ އިސްރާ އާއި މިއުރާޖްގެ ދަތުރުފުޅަކީ ސައިންޓިފިކް ގޮތުން ގަބޫލު ކުރެވޭނެ ވާހަކައެއް ނޫން ކަމުގައި ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް