ހުޅުލޭ ފަޅަށް ޖައްސަން އުޅުނު، މޯލްޑިވިއަންގެ ސީޕްލޭން އެއް ވެއްޓިއްޖެ އެވެ.
ރާއްޖެ ޓީވީއަށް މައުލޫމާތު ދެއްވަމުން މޯލްޑިވިއަންގެ އެމްޑީ، އަބްދުލް ހާރިސް ރާއްޖެޓީވީއަށް ވިދާޅުވީ، މޫސުން އާދަޔާ ހިލާފަށް ގޯސްވުމުގެ ސަބަބުން ކްރޭޝްލޭންޑިންއެއް ޕައިލެޓް ކުރަން ޖެހުނީ ކަމަށެވެ.
އޭނާ ވިދާޅުވީ ބޯޓަށް ހާދިސާ ދިމާވިއިރު، 14 ޓޫރިސްޓުންނާއި ތިން ކްރޫއިން ތިބި ކަމަށާއި ޖުމްލަ 17 މީހަކު އެ ބޯޓްގައި ތިބި ކަމަށެވެ. އަދި އެއްވެސް މީހަކަށް މާ ބޮޑު އަނިޔާއެއް ނުވާކަން ހާރިސް ވިދާޅުވި އެވެ.
ހާރިސް އިތުރަށް ވިދާޅުވީ ހާދިސާ ހިނގި ސަބަބު ބަލަމުން އަންނަ ކަމަށާއި މިވަގުތަށް ބެލެވެނީ މޫސުން ވަރަށް ބޮޑަށް ގޯސްވެ ވިސިބިލިޓީ ވަރަށް ވަރަށް ބޮޑަށް ދަށްވުމުގެ ސަބަބުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް