ވެލިގާ ހާޑްވެއާއިން ކުރީކީ ސަމާސާއެއް ނޫން – ޖަރުމަނުގެ މެޓާބޯ ބްރޭންޑް ރާއްޖެއަށް ތައާރަފް ކޮށްފި

ސޯޝަލް މީޑިއާގައި މި ފަހަކަށް އައިސް ލޮންނަ މެޓަކާއެކު މީކީ ސަމާސާއެއް ނޫން ކަމަށްބުނާ ޕޯސްޓްތައް ދިޔައީ އިތުރުވަމުންނެވެ. ވެލިގާ މަޝްހޫރު ތަރިންނާއި ޓީވީ ޕްރެޒެންޓަރުންނާއި އެކި ކުޅިވަރު ކުޅޭ ފަރާތްތ...

04 Oct 2017 | 07:03

ސޯޝަލް މީޑިއާގައި މި ފަހަކަށް އައިސް ލޮންނަ މެޓަކާއެކު މީކީ ސަމާސާއެއް ނޫން ކަމަށްބުނާ ޕޯސްޓްތައް ދިޔައީ އިތުރުވަމުންނެވެ. ވެލިގާ މަޝްހޫރު ތަރިންނާއި ޓީވީ ޕްރެޒެންޓަރުންނާއި އެކި ކުޅިވަރު ކުޅޭ ފަރާތްތައްވެސް މި ޝޯޝަލް ކެމްޕޭނުގައި ބައިވެރިވެފައި ވެ އެވެ. އެ ކެމްޕޭނަކީ ދިވެހި ހާރޑްވެއަރ މާކެޓުގައި ނަން މަޝްހޫރު ވެލިގާ ހާރޑްވެއަރ އިން ކުރިޔަށް ގެންދިޔަ ސޯޝިއޯ-އެޑްވަޓޯރިއަލް ކެމްޕޭނެކެވެ.

މި ކެމްޕޭނާއެކު ގިނަ ބަޔަކު ތިބީ ވާނުވާ ނޭނގިފައެވެ. ވެލިގާ ހާޑްވެއާއިން ލޮންނަ މެޓާ ވިއްކަން ފަށަނީ ތޯވެސް ބައެއް މީހުން ސުވާލު ކޮށްފައި ވެ އެވެ.

މި ސުވާލުތަކަށާއި ސަސްޕެންޝަނަށް އިއްޔެ މިވަނީ ނިމުން އައިސްފަ އެވެ. އެއީ ބައިނަލްއަގްވާމީ ގޮތުން ގިނަ ކުރިއެރުންތަކެއް ހޯދާފައިވާ ދުނިޔޭގެ ގިނަބައެއްގެ މެދުގައި މަގްބޫލު އަދި މަޝްހޫރު ބްރޭންޑެއް ކަމުގައިވާ ޖަރުމަނުވިލާތުގެ މެޓާބޯ ބްރޭންޑްގެ ޕަވާ ޓޫލްސް ރާއްޖެއަށް ތައާރަފް ކޮށްފަ އެވެ.

މެޓާބޯ މި ބްރޭންޑަކީ ދުނިޔޭގެ އެކި ގައުމުތަކުގައި ބޭނުން ކުރަމުން އަންނތާ 90 އަހަރު ވެފައިވާ ބްރޭންޑެކެވެ. މި ބްރޭންޑް ވެލިގާ ހާޑްވެއާއިން ރާއްޖެއަށް ތައާރަފް ކޮށްފައިވާއިރު ވެލިގާ ހާޑްވެއާއިން ބުނެފައިވަނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ ފެންވަރު ރަނގަޅު އުފެއްދުންތައް ރާއްޖެ ގެނައުމަށް ކަމަށެވެ. އަދި ހާޑްވެއާގައި އެންމެ މަތީ ފެންވަރުގެ ހިދުމަތެއް ދިނުމަށް ކަމަށެވެ.

ވެލިގާ ހާޑްވެއާއިން ހާމަކުރާގޮތުގައި މެޓާބޯ ބްރޭންޑްގެ ހާއްސަ ފީޗަރ ތަކުގެ ތެރޭގައި މެޓާބޯގެ އެމް ޓެކްނޮލޮޖީ ބެޓެރި، އެސް އޮޓޮމެޓިކް ސޭފްޓީ ކްލިޕް ފާހަގަ ކޮށްލަން ޖެހެ އެވެ. އެގޮތުން މެޓާބޯގެ އެމް- ޓެކްނޮލޮޖީ ބެޓެރީ ޓެކްނޮލޮޖީގެ ސަބަބުން އަތަށް ލުއިވެފައި ބެޓެރީގެ ބާރު ގިނަ ވަގުތު ހިފަހައްޓައި ދޭ ކަމަށާއި އަދި މި ބެޓެރިއަކީ ހިމެނޭ އޭއާ ކޫލްޑް ސިސްޓަމްގެ ސަބަބުން ބެޓެރި ޗާޖު ކުރަން ނަގާ ވަގުތު ކުޑަކޮށްދޭ ކަމަށާއި އަދި މީގެ އިތުރުން އެއް ބެޓެރިން ހުރިހާ އުފެއްދުމެއްގައި ބޭނުން ކުރެވޭނެ ކަމަށް ވެލިގާ ހާޑްވެއަރ އިން ބުނެ އެވެ. މީގެ އިތުރުން އާއްމު އެހެން ބާވަތްތަކަށްވުރެ 67 ޕަސެންޓް ބެޓެރީގެ ބާރުގަދަ އެވެ. އަދި 87 ޕަސެންޓް ގިނަ ވަގުތު ހިފަހައްޓައިދެ އެވެ. މީގެ އިތުރުން 100 ޕަސެންޓް އުމުރު ދިގު ކަމަށްވެސް ވެލިގާ ހާޑްވެއާއިން ބުނެ އެވެ.

"އެސް އޮޓޮމެޓިކް ސޭފްޓީ ކްލިޕް"މި ޓެކްނޮލޮޖީގެ ސަބަބުން ކުއްލިއަކަށް ބުރުމާ އާއި ގްރޭންޑަރު ފަދަ އާލާތްތައް ނުއަތަށް އެނބުރިގެންދާއިރު، މީހާ އަށް ލިބޭ ގެއްލުމުން ރައްކާތެރިކޮށްދޭނޭ ކަމަށްވެސް ވެލިގާ ހާޑްވެއާއިން ބުނެ އެވެ.

ވެލިގާ އިން ވަނީ މެޓާބޯ ރާއްޖެއަށް ތައާރަފު ކުރުމާއެކު، މި އުފެއްދުންތަކަށް އެއް އަހަރުގެ ވޮރަންޓީ އަދި ބެޓެރިއަށް ތިން އަހަރުގެ ވޮރަންޓީ ދޭނެ ކަމަށް ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް